16 Jan 2024
ޤައުމިއްޔަތު" މާއްދާ ފުރަތަމަ ފަށަނީ ގްރޭޑް 4 އަށް
މި ސަރުކާރުން ވަޢުދުވެފައިވާ ފަދައިން ޤައުމިއްޔަތު ވަކިމާއްދާއެއްގެ ގޮތުގައި އެންމެ ފުރަތަމަ ކިޔަވައިދޭން ފަށާނީ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ކަމަށް ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.