ޑޮކްޓަރ އިސްމާޢީލް ޝަފީޢު
23 Jul 2024
23 ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް އޭލެވެލް ހެދުމުގެ ފުރުސަތު
ރާއްޖޭގެ 23 ސްކޫލަކުން އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް އޭލެވެލް އަށްކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
30 Jun 2024
ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގައި އަލުން އޭލެވެލް ކިޔަވައިދެނީ
މާލޭގައި ހުރި ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ކުރީގެ އިމާރާތުގައި އަލުން އޭލެވެލް ކިޔަވައިދިނުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ތައުލީމާއި ބެހޭ ވަޒީރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
10 Jun 2024
އަމީރުލް ހައްޖުގެ ގޮތުގައި ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ހައްޖުގެ މަތިވެރިކަމަށް މިއަހަރު ރާއްޖެ އިން ހައްޖަށް ފުރި ދިވެހީންގެ އިސްވެރިއެއްގެ ގޮތުގައި ހަމަޖެހިފައިވާ އަމީރުލް ހައްޖު, ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ހައްޖުގެ އަޅުކަމަށް މައްކާއަށް ފުރާވަޑައިގެންފިއެވެ.
02 Jun 2024
ފިނިކަމާއިއެކު ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލު އަންނާނެ: ޝަފީޢު
ކްލާސް ރޫމްތައް ފިނިވެފައި އޮންނަ މާހައުލެއްްގައި ގަނާ (ބުލީ) ކުރުމާއި، ރުޅިވެރިކަމެއް ނޯންނާނެ ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެެވެ.
13 May 2024
ރައީސް ޑރ.މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރަނީ
ތަޢުލީމީ ވުޒާރާއިން މިއަދު އެކްސްގައިކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް މިއޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ އިރާދަކުރެއްވިއްޔާ، 2 އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށެވެ. ސަރުކާރު ސްކޫލުތަކުގެ ކްލާސްރޫމްތައް އެއަރ ކޮންޑިޝަންކޮށް މި ފެށޭ ދިރާސީ އައު އަހަރުން ފެށިގެން ސޯލާ ޕަވަރ ބޭނުންކުރެވޭ އިޢާދަކުރުވަނިވި ހަކަތައިގެ މަޝްރޫޢުތަކެއް ސްކޫލުތަކުގައި ފެށުމަށް ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ މާޗް މަހުގެ 6 ވަނަ ދުވަހުއެވެ.
13 May 2024
ސްކޫލްތައް އޭސީ ކޮށް ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށަނީ
ކުރިއަށް އޮތް ދިރާސީ އައު އަހަރަށް މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފަށައި، ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓް ފަށާނެ ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
07 Apr 2024
ސްކޫލްތަކުން ބުލީ ކުރުމުގެ 26 މައްސަލަ މިއަހަރު ފާހަގަކުރެވިފައިވޭ: ވަޒީރު
މިއަހަރުގެ މިހާހިސާބަށް އައިރު، ރާއްޖޭގެ އެކި ސްކޫލްތަކުން ބުލީ ކުރުމުގެ 26 މައްސަލަ ފާހަގަކުރެވިފައިވާކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
19 Mar 2024
70% ރައްޔިތުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީގައި ފަށަން ބާއްވަން: ވަޒީރު
ރާއްޖޭގެ ގާތްގަނޑަކަށް %70 ރައްޔިތުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީން ފެށިގެން ޑިސެމްބަރާއި ހަމައަށް ބާއްވަން ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.