02 Apr 2026
މަސައްކަތެއް ކުރުމަށް މިރޭ ހިޔާގެ ބައެއް ފްލެޓްތަކުން ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Apr 2026
ކުރީ ސަރުކާރުގައި އެމް.ޑަބްލިޔު.އެސް.ސީ އިން އުޅަނދުތައް ކުއްޔަށް ހިފުމަށް 42 މިލިއަން ރުފިޔާ ހޭދަކުރި: އޮޑިޓް ރިޕޯޓް
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުންފުނީގެ އަމިއްލަ އުޅަނދުތައް ބޭނުންކުރެވެން ހުރިތޯ ބަލާނެ އެއްވެސް ނިޒާމެއް ގާއިމުކޮށްފައި ނުވާއިރު، މި ހުރިހާ ޚަރަދެއްވެސް ކޮށްފައިވަނީ ކުންފުނީގެ އަމިއްލަ އުޅަނދުތައް ބޭނުންކުރެވެން ނެތް ކަމަށް ބަލައިގެންނެވެ.
01 Apr 2026
އެމް.ޑަބްލިޔު.އެސް.ސީ: ރައްޔިތުންގެ ޚިދުމަތުގައި 31 އަހަރު
އެ ކުންފުނި އުފެދިގެން އައީ، 60 މުވައްޒަފުންނާއި އެކު، އޭރު 60 ހާސް މީހުންގެ އާބާދީއަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދޭންކަމުގައި ވީނަމަވެސް، މިހާރު މިވަނީ 1000 އަށްވުރެ ގިނަ މުއައްޒަފުންނާއެކު 2 ލައްކަ މީހުންގެ އާބާދީ (ގާތްގަނޑަކަށް ރާއްޖޭގެ 50% އާބާދީ) އަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިއަދު އެމް.ޑަބްލިޔު.އެސް.ސީ ފާހަގަކުރެވިފައިވަނީ %100 ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއި އެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެއްގެ ގޮތުގައެވެ. އަދި މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި ކ.މާފުށި، ރ.ދުވާފަރު އަދި ހދ. ކުޅުދުއްފުށީގައި މިކުންފުނިން ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރ.ދުވާފަރުގައި ފެނާ ނަރުދަމާގެ އިތުރުން، ކަރަންޓާއި ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ.
26 Mar 2026
ފެނުގެ ޚިދުމަތް ހަރުދަނާކުރުމަށް 10 އަހަރުގެ މާސްޓަރ ޕްލޭނެއް
މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި 10 އަހަރުގެ ދުވަހުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ފަށައިފިއެވެ.
23 Mar 2026
ކުޅުދުއްފުށީގައި ޑީސަލްއާ ނުލައި ފެން އުފައްދާ ނިޒާމު ނިމިއްޖެ
މި މަޝްރޫޢަކީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައިވެސް، މެދުނުކެނޑި ފެނުގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި ނިޒާމު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ އުސޫލުންނެވެ.
02 Mar 2026
"އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ" އިފްތާރް މީލް ޕެކް ބަހަން ފަށައިފި
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން އިޖުތިމާޢީ ޒިންމާގެ ދަށުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ "އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ" މި އަހަރުވެސް ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
02 Mar 2026
އެމްޑަބްލިޔުއެސްސީގެ ބިލައް ފައިސާ ދައްކާއިލައިގެން ޢުމްރާ ދަތުރެއް
އެމް.ޑަބްލިޔު.އެސް.ސީގެ އެޕް އަދި އީ.ޕޯރޓަލް މެދުވެރިކޮށް ޤަވާއިދުން ފެން ބިލަށް ފައިސާ ދައްކަވާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް، ކޮންމެ މަހަކު 3،000 ރުފިޔާ އަދި ޢުމްރާ ދަތުރެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް "ހަދިޔާ ބަދިޔާ" ގެ ނަމުގައި އެމް.ޑަބްލިޔު.އެސް.ސީ އިންފަށައިފިއެވެ.
19 Feb 2026
ފެން ހިންދާ ނިޒާމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެމަނަފުއްޓަށް ގެނެސްފި