01 Apr 2023
"ޕަމްޕްތައް ބަރާބަރަށް މަސައްކަތްކުރި؛ މައްސަލައަކީ މާލެއަށް ނުކެތުން"
މިއަދު މާލެއަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުން ފެން ނުހިނދުނީ މިކަން ކުރުމަށް ބަހައްޓާފައިވާ ޕަމްޕްތައް މަސައްކަތް ނުކުރާތީ ނޫން ކަމަށާއި ފެންބޮޑުވުން ހައްލު ކުރެވޭނީ މިހާރު ހުރި ޕަމްޕްތައް ބޮޑުކޮށްގެން ކަމަށް އެ ނިޒާމު ބަލަހައްޓާ ކުންފުނި، އެމްޑަބްލިއެސްއެސްސީއިން މިއަދު ބުނެފިއެވެ.
30 Mar 2023
ޝާހުވެސް ޖޭޕީން ވަކިވެ ރައީސް ޞާލިހުގެ ފަޅިއަށް
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދުކޮށް، އެމްޑަބްލިއުއެސްސީގެ އެމްޑީކަމުގެ މަގާމްގައި ހުންނެވި ހަސަން ޝާހުވެސް ޖޭޕީން ވަކިވެއްޖެއެވެ.
02 Mar 2023
"އާރޯ އެމްވީ ރަން"ގެ ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން އެމްވީ ރަން ސްޕޮންސަރ ކުރުމަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީ.އެފް.ޖީ) އާއި އެކު 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
27 Feb 2023
އެމްޑަބްލިއުއެސްސީން ލެބް އިކުއިޕްމެންޓް ކެލެބްރޭޝަންގެ ޚިދުމަތް
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ ލެބޯޓަރީއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އައު ޚިދުމަތެއްގެ ގޮތުގައި ލެބް އިކުއިޕްމެންޓް ކެލެބްރޭޝަންގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.
20 Feb 2023
އެމްޑަބްލިޔުއެސްސީވެސް ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރަށް
މާލޭ އެރޭޓެޑް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީގެ އެންމެ ބޮޑު އަމާޒަކީ ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރުވެ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ފެން އުފެއްދުން ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވެއްޖެއެވެ.
19 Feb 2023
ތިލަފުށީ ދެމުން ދިޔަ ފެނުގެ ޚިދުމަތް މެދުކެނޑިއްޖެ
ކ. ތިލަފުށީގައި ދެމުން އައި ފެނުގެ ޚިދުމަތް މެދުކެނޑިއްޖެ އެވެ.
05 Feb 2023
ހެނބަދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިންމާލައިފި
އެމް.ޑަބްލިޔު.އެސް.ސީ އިން ނ.ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ %80 މަސައްކަތް ނިމިއްޖެއެވެ.