22 Aug 2024
ޕީޖީ ޝަމީމް ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި
މީހުންގެ ޒާތީކަންކަން އެކުލެވޭތީ، ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި އޭނާ މިއަދު ހާޒިރުކުރި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
22 Aug 2024
މި ސަރުކާރަކުން ރިޒާވްގައި ހުރި ފައިސާ ނަހަމަގޮތުގައި ހޭދަކޮށެއް ނުހަދާ: އިއްބެ ޖަނާބު
ދައުލަތުގެ ރިޒާވު ދަނީ މަޑުމަޑުން ކުރިއަރަމުން ކަމަށާއި، ކުރީ ސަރުކާރު ފަދައިން މި ސަރުކާރުން ބޭނުންނެތް ކަންކަމުގައި ރިޒާވްގައި ހުރި ފައިސާގައި އަތްލައި ނުހަދާކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުހައްމަދު (އިއްބެ ޖަނާބު) ވިދާޅުވެއްޖެއެވެ.
22 Aug 2024
ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި ތަފާތުކޮށްގެން ނުވާނެ: ރައީސް
މީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
22 Aug 2024
މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމްވާން ޖެހޭނެ ކަމެއްނޫން
މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމްވާން ޖެހޭނެ ކަމެއްނޫން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
22 Aug 2024
ސިހުރު މައްސަލައެއްގައި ކަނޑިތީމު ގެތަކެއް ބަލައިފާސްކޮށްފި!
ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްގައި ކަނޑިތީމުގެ ބައެއް ގެތައް ބަލައިފާސްކޮށްފިއެވެ.
22 Aug 2024
ތިލަފުށީގައި ހުރި ވަރކްޝޮޕެއް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ކ.ތިލަފުށީގައި ހުންނަ މެރިންޑޯ ކުންފުނީގެ ވަރކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
21 Aug 2024
މިފްކޯއަށް ސީއީއޯއަކު ހޯދަން އަލުން އިޢުލާންކުރަނީ
ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ސީއީއޯއަކު ހޯދުމަށް އަލުން އިޢުލާންކުރަން ނިންމައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއެންއެމްގެ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
21 Aug 2024
އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ނައިބް ރައީސާގެ މަޤާމަށް އީމާ ހަމަޖައްސައިފި
އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ނައިބްރައީސާގެ މަޤާމަށް އެޕާޓީގެ މެމްބަރު މަރިޔަމް އީމާ ޝަފީޤު ހަމަޖައްސައިފިއެވެ. މިކަން ފާސްކޮށްފައިވަނީ މިރޭ ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، އިއްތިފާޤުންނެވެ.