27 Apr 2024
މެޑިސިން ކިޔަވާ ކުދިންނަށް ދެރަގޮތެއް ނުވާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފަ: އެމްއެންޔޫއެސްޔޫ
މިރޭ އެމްއެންޔޫއެސްޔޫ އިން ނެރުނު ބަޔާނެއްގައި ވަނީ 26 އޭޕްރީލް ވީ ހުކުރު ދުވަހުގެ ރޭ 20:30 ގައި ރައީސުލްޖުމްހޫރިއްޔާގެ އފީހުގެ ކަމާބެހޭ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށާ މި ބައްދަލުވުމުގައި ސަރުކާރުން، މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވާފައިވާކަމަށެވެ.