28 May 2024
ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ނޭޕާލުގެ 17 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
28 May 2024
ބީއެމްއެލްއިން ޔޫއޭއީ ދިރުހަމާއި ޗައިނީސް ޔުއާން އިން މުއާމަލާތް ކުރެވޭ ގޮތް ހަމަޖައްސަނީ
ޔުނައިޓެޑް ޢަރަބްް އެމެރިޓްސް (ޔޫއޭއީ) ދިރުހަމު (އޭއީޑީ) އަދި ޗައިނީސް ޔުއާން އިން މުޢާމަލާތު ކުރެވޭ ގޮތް ތަޢާރަފުކުރަން ބޭންކް އޮފް މޯލްޑިވްސް، އިން ނިންމާފައިވާކަން މިރޭ އިއުލާން ކޮށްފިއެވެ. މިކަން އިޢުލާން ކުރެއްވީ މިރޭ ކުރިއަށްދާ ބީއެމްއެލް އަހަރީ ޢާއްމު ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ އެވެ.
28 May 2024
ރައީސް ޑރ.މުޢިއްޒަށާއި، މެންބަރުންނަށް އަބްދުއްރަޙީމް ޝުކުރުއަދާކުރައްވައިފި
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އެމަނިކުފާނުގެ ނަން ހުށަހަޅުއްވައި ދެއްވި ކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒަށާއި އެމަނިކުފާނަށް ވޯޓުދެއްވި މެންބަރުންނަށް އަދި ފުނަދޫ ދާއިރާގެ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
28 May 2024
ޑިޖިޓަލް ޒަމާނަކަށް މަރުޙަބާ ކިޔުމަށް ޖަޒީރާ ޤައުމުތައް އަތާއަތް ގުޅާލަން ރައީސް ގޮވާލައްވައިފި
ހަތަރުވަނަ ސިޑްސް ކޮންފެރެންސްގެ ތެރެއިން، "ސްމާޓް މޯލްޑިވްސް - ޖަރނީ ޓުވާޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިއުނިޓީ" ގެ ނަމުގައި ބޭއްވި އިތުރު އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޑިޖިޓަލް އިޤްތިޞާދެއް ބިނާ ކުރުމަށް ސިޑްސް ޤައުމުތަކަށް ގޮވާލައްވާފައެވެ.
28 May 2024
"ޖަމްއިއްޔާތަކުގެ މަހާސިންތާ 2024" ކާމިޔާބުކަމާއެކު ނިންމާލައިފި
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އިން ކުރިޔަށްގެންދިޔަ ގއ. ވިލިނގިލީގައި ބޭއްވި "ޖަމްއިއްޔާތަކުގެ މަހާސިންތާ 2024" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
28 May 2024
ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ޗައިނާއާއެކު މަޝްވަރާކޮށްފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަ ކުރެއްވި ގޮތުގައި ވަޒީރު ޝިޔާމާއި ވުޒާރާގެ އިސް އޮފިޝަލުން، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިކްސިން އާއި ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޑިޕާޓްމަންޓް އޮފް އޯޝަން އެންޑް ފިޝަރީޒް ރިސޯސަސްގެ އިސް އޮފިޝަލުންނާއެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
28 May 2024
މަސައްކަތް ކުރާނީ މައިނޯރިޓީއަށް ވޭހާވެސް ބޮޑަށް ފުރުސަތު ދީގެން
މަޖިލީސް ތެރެއިން މަސައްކަތް ކުރައްވާނީ ވޭހާވެސް ބޮޑަށް މައިނޯރިޓީ ޕާޓީއަށް ފުރުސަތުތައް ދެއްވައިގެން ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީން ބުނެފިއެވެ.
28 May 2024
މިވަގުތަށް 19 ވަނަ މަޖިލީހުގެ ގަވާއިދަށް އަމަލުކުރަން ފާސްކޮށްފި
މިއަދު ހުވާ ކުރި އާ މަޖިލީހުގެގަވާއިދު އެކުލަވައިލައި ފާސްކުރެވެންދެން، ނިމިދިޔަ 19 ވަނަ މަޖިލީހުގައި އަމަލުކުރަމުން އައި ގަވާއިދަށް އަމަލުކުރުމަށް ފާސްކޮށްފިއެވެ.