އައިއޭސީން މަރާމާރުކުރާ މިސްކިތް-- ފޮޓޯ: އައިއޭސީ
ހަބަރު
25 Jul 2024 | 13:20
ދިވެހީންގެ އެހީއާއިއެކު، ޣައްޒާގެ ސިއްހީ މަރުކަޒެއް އަލުން ބިނާކުރުމުގެ މަސައްކަތް އައިއޭސީން ފަށައިފި

ދިވެހީންގެ އެހީއާއިއެކު، ޣައްޒާގެ ސިއްހީ މަރުކަޒެއް އަލުން ބިނާކުރުމުގެ މަސައްކަތް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ފަށައިފިއެވެ.

ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުއާއްމުގައި ހޮސްޕިޓަލްތައް ހަލާކުކޮށްލާފައިވާއިރު، އައިއޭސީން ބުނީ، އުތުރު ޣައްޒާގެ މެދުގައިވާ ޝިޖާޢިއްޔާ އަވަށުގައި ހުންނަ "މަސްޤަތު ސިއްޙީ މަރުކަޒު" އަލުން ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މަރުކަޒަށް ލިބިފައިވާ ގެއްލުންތައް އައިއޭސީން ވަނީ ދެނެގަނެފައި-- ފޮޓޯ: އައިއޭސީ

މިއީ އެ އަވަށުގައި ހުންނަ ހަމައެކަނި މަރުކަޒުކަން ފާހަގަކުރަމުން އައިއޭސީން ބުނީ، އުތުރު ޣައްޒާގައި އެންމެ ގިނައިން މީހުން އުޅޭ މި އަވަށުގައި ވީހާވެސް ގިނަ މީހުނަށް ފަރުވާދިނުމަށްޓަކައި މި މަރުކަޒު ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ.

"ދުޢާ އަކީ ﷲ ތަޢާލާ އުތުރު ޣައްޒާ ގައި އުޅޭ އެންމެން ތަހައްމަލު ކުރަމުންދާ ވޭންތަކަށް ލުޔެއް މެދުވެރި ކުރެއްވުން، އަދި މި މަރުކަޒު އަލުން ބިނާކޮށް މަރާމާތުކުރުމަށް އެހީތެރިކަން ލިބުން. ޣައްޒާއަށް އެހީވުމުގައި އަތުރުކުރި އޮޅާލާފައިވާ އެންމެހާ ރައްޔިތުންނަށް މާތްﷲ ހެޔޮ ޖަޒާ މިންވަރު ކުރައްވާށި."

އައިއޭސީން ބުންޏެވެ.

އެ މަރުކަޒަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ، މަސައްކަތަށް ބޭނުންވާ ތަކެތި ހޯދާ، ޕްލޭންކުރުމުގެ މަރުހަލާ ނިމިފައިވާ ކަމަށާއި، މިތަނަކީ ކުޑަ ހޮސްޕިޓަލަކަށް ވެގެންދާނެ ތަނެއް ކަމަށް އައިއޭސީން މައުލޫމާތުދެއެވެ.

އައިއޭސީން އިތުރަށް ބުނީ، މި މަރުކަޒުގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ އަޕްޑޭތައް ގެނެސްދެމުންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.