30 May 2024
ދަނޑުވެރިކަން ކުރަން ބިން ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ހުޅުވާލައިފި
ދަނޑުވެރިކަން ކުރަން ބިން ކުއްޔަށް ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލައިފިއެވެ.
30 May 2024
އިތުރު 3 އަތޮޅަކަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީ
ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި، ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކު، އާރްޓީއެލް ފެރީގެ ހިދުމަތް މިއަހަރު ނިމުމުގެ ކުރިން އިތުރު 3 އަތޮޅެއްގައި ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.
30 May 2024
ބާބެޑޯސްގެ ބޮޑުވަޒީރާއި ސަރުކާރަށް، ރައީސް މުޢިއްޒުގެ ޝުކުރު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް، އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދިވެހިރާއްޖެއަށް އެނބުރިވަޑައިގަތުމަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވުމުން، ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރުގެ ފަރާތްޕުޅުން ލިބިލެއްވި ޚާއްޞަ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފިއެވެ.
30 May 2024
ރިޝްވަތުން ސަލާމަތްވެ ތިބުމަށް އިހްސާން، ފުލުހުންނަށް ގޮވާލައްވައިފި
ރާއްޖޭގައި ގޭންގު ކުށްތައް ހުއްޓުވުމަކީ، ސަރުކާރުން ފުލުހުންގެ ކިބައިން އެދޭ އެންމެ ބޮޑު އެއް އެދުން ކަމަށް ވާއިރު، އެ މަސައްކަތަށް ހުރަސް އެޅުމަށް ހުށަހަޅާ ރިޝްވަތުން ސަލާމަތް ވާން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ރޭ ފުލުހުންނަށް ގޮވާލައްވައިފި އެވެ.
29 May 2024
ޑޮލަރު ގަތުމުގެ ނަމުގައި 4 މިލިއަން ރުފިޔާގެ ޚިޔާނާތް - ޕީއެސްއެމްގެ ތިޖޫރީގައި އެންމެ ޑޮލަރެއްވެސް ނެތް!
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ، ޒީނާ ޒާހިރު ވިދާޅުވީ، 2020 ވަނަ އަހަރުން ފެށިގެން، ކުންފުނީގެ ބަޖެޓުން އަމިއްލަ ފަރާތަކާ މެދު ޝައްކުއުފެދޭ ފަދަ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށެވެ. އެގޮތުން، ޑޮލަރު ގަތުމުގެ ނަމުގައި، އަމިއްލަ ފަރާތަކަށް ގިނަ ޢަދަދެއްގެ ފައިސާ ފޮނުވާފައިވާކަން ޒީނާ ހާމަކުރެއްވިއެވެ.
29 May 2024
މިރޭގެ މޫސުންވެސް ގޯސް: ހއ. އަތޮޅުން ލ. އަތޮޅަށް ހުދު ސަމާލު
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި، މިރޭގެ މޫސުންވެސް ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. މިރޭ ހއ. އަތޮޅުން ލ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފައިވަނީ 18:30 އިން ފެށިގެން 00:30 އާ ހަމައަށެވެ.
29 May 2024
ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ 4 ވަނަ ކޮންފަރެންސް ދިޔައީ ވަރަށް ކާމިޔާބުކޮށް - ހީނާ
4 ވަނަ ސިޑްސް ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
29 May 2024
ޕީއެސްއެމްއާ އައު މެނޭޖްމަންޓް ހަވާލުވިއިރު ދަރަނި 261.4 މިލިއަނަށް އަރާ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒީނާ ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ގައި، އޭނާ މަޤާމާ ހަވާލުވީއިރު، ކޯޓުގައި ހިނގަމުންދާ ކޭސްތައް ނުހިމަނާ ކުންފުނީގެ ދަރަނި އޮތީ 261 މިލިއަން ރުފިޔާގައިކަމަށެވެ.