ހަބަރު
27 May 2024
ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ ޤައިދީއަކު މަރުވެއްޖެ
ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދިޔަ މީހަކު މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ހާމަކުރެއްވި ގޮތުގައި، މަރުވެފައި ވަނީ ޢުމުރުން 83 އަހަރުގެ ތ. ތިމަރަފުށީ / މިނިވަން އައްސޭރި އާދަމް އަލި މަނިކު ނަމަކަށް ކިޔާ މީހެކެވެ.
27 May 2024
ފަތުރުވެރިކަން ކުރިއެރުވުމަށް މަޓާޓޯއިން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓަރސްއާ ގުޅިގެން މަސައްކަތް ފަށައިފި
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓަރސް (އަޔާޓޯ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު މަޓޯޓާ  އާއި އަޔޯޓާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ފަތުރުވެރިކަމުގެ އެއްބާރުލުން އިތުރުކޮށް ފަތުރުވެރިކަމުގެ ސިނާޔަތާއި ގާތް ގުޅުމެއް އުފެއްދުމާއި ދެފަރާތުގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ މަގުސަދުގައެވެ.
27 May 2024
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މިއަދު މޫސުމާ ބެހޭ މުޅި ރާއްޖެއަށް އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހަވީރު 15:30 އިން ފެށިގެން 21:30 އާ ހަމައެވެ.
27 May 2024
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް އަދި ޑެޕިއުޓީ އަކަށް ޒިޔާދު
މާދަމާ ހުވާ ކުރުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ) ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހަމަޖައްސައިފިއެވެ.
27 May 2024
ކެޓް ޝެލްޓާ ނިމެންދެން މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާއެއް ފޯރުކޮށްދެނީ
ހުޅުމާލެ ފަރުކޮޅުފުށީގައި ޤާއިމުކުރާ ޕެޓް ކެއާ ފެސިލިޓީ ނިމެންދެން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
27 May 2024
ދަނޑުވެރިންނަށް މިހާތަނަށް 13 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި
ފާއިތުވެ ދިޔަ 6 މަސް ދުވަހުގެ ތެރޭގައި ސަރުކާރުން މިހާތަނަށް ދަނޑުވެރިންނަށް 13 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
27 May 2024
ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މިހަފްތާގައި ފަށަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން މަސަރުކާރު ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މިހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
27 May 2024
ފަނޑިޔާރުން "ހަވަރަށް" ދިނުމަކީ ޕީޖީއަށް ލިބިގެންވާ ލައިސަންސެއް ނޫން
ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ފަނޑިޔާރުން ނިންމާ ނިންމުންތަކާ ގުޅިގެން ފަނޑިޔާރުން "ހަވަރަށް" ދިނުމަކީ ޕްރޮސިކިއުޓާ ޖެނަރަލަށް ލިބިގެންވާ ލައިސަންސެއް ނޫން ކަމަށް ބުނެ ހައިކޯޓުން ޕީޖީއަށް އިންޒާރު ދީފިއެވެ.
27 May 2024
އެމްޑީޕީއާއި ޑިމޮކްރެޓުންގެ މައި ހަރުގެ، ޕީއެންސީން ކުއްޔަށް ނަގައިފި
އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީ އިން މައި ހަރުގެ ގޮތުގައި ކުރިން ބޭނުންކުރި ހ. ވެޔޮވިލާގޭގެ އިމާރާތް ވެރިކަން ކުރާ ޕީއެންސީ އިން ކުއްޔަށް ނަގައިފި އެވެ.
27 May 2024
ވިހި ވަނަ މަޖިލިސް ހުވާކުރުން މާދަމާ
ރައްޔިތުންގެ މަޖިލީހުގެ ވިހި ވަނަ ދައުރަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން މާދަމާ ހުވާކުރާގޮތަށް ހަމަޖެހިއްޖެއެވެ.