24 Apr 2024
ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
23 Apr 2024
މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރަން މާދަމާ (24 އޭޕްރިލް) ހެންވޭރުގެ އަމީރު އަޙުމަދު މަގު، ބޮޑުތަކުރުފާނު މަގު، ދީފްރަމް ގޯޅި، ފިނިފެންމާ ގޯޅި، ގަލަދުން ގޯޅި، ހިތްފަސޭހަ ގޯޅި، ހުސްނުހީނާ މަގު، އަދި ކުރަނގި ގޯޅީގެ އިތުރުން މެހެލި ގޯޅި އާއި ރޯޝަނީ މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށެވެ.
23 Apr 2024
ގަދަ ވިއްސާރައިގެ ސަބަބުން އިންޑިޔާގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިއްޖެ
އިންޑިޔާގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިއްޖެއެވެ. އިންޑިޔާގެ ޓެލަންގާނާގެ ޕެޑަޕަލީގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިފައިވަނީ ބްރިޖުގެ ފަސް ކޮންކްރީޓް ގާޑަރުގެ ތެރެއިން ދެ ގާޑަރު ވެއްޓިގެންނެވެ. މިހާދިސާ ހިނގީ ރޭ 9.45 ހާއިރު އެސަރަހައްދަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުންނެވެ.
23 Apr 2024
ނަޒްރާއަށް ގޮނޑި ނުލިބުނީ ފައިސަލްގެ ސަބަބުން - މަހުލޫފު
އެމްޑީޕީގެ ގުރޫޕަކަށް މިއަދު މަހުލޫފް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީއަށް ގޮނޑި ގެއްލުވާލީ ސީދާ ފައިސަލް ކަމަށެވެ. އަދި އެންޓި-ކެމްޕެއިން ކުރުމަށް އާއިލާއާއި ދަންނަ އެތައް ބަޔަކަށް ފައިސަލް ގުޅާފައިވާ ކަމަށްވެސް މަހުލޫފް ތުހުމަތުކޮށްފައިވެއެވެ.
23 Apr 2024
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ހީނާ ވަލީދު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، ހީނާ ވަލީދު ޢައްޔަންކުރައްވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޗީފު ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ސ.ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ. މިއީ، މި މަޤާމާ އަންހެން ބޭފުޅަކު ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
23 Apr 2024
ސްރީލަންކާގެ އެޕެކްސް އެޑް މަރުކަޒުން އަސްލުނޫން ސެޓިފިކެޓެއް ދޫކުރަމުން ދާކަމަށް އެމްކިއުއޭ އިން ބުނެފި
މިއަދު އެމްކިއުއޭއިން ނެރުނު ބަޔާނުގައި ވަނީ އެޕެކްސް އެޑް އާ ގުޅޭގޮތުން އެ އޮތާރިޓީއަށް ޝަކުވާ ހުށަހަޅާފައިވާކަމަށެވެ. އަދި އެޕެކްސް އެޑް މަރުކަޒުގެ ކޯސްތަކުގައި އެމްކިއުއޭއިން ހުއްދަ ދީފައިވާކަމަށް ބުނެ އިސްތިހާރު ކޮށްފައިވާތީ އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ.
23 Apr 2024
ތިނަދޫ ދާއިރާގެ ވޯޓުފޮށްޓެއް އަލުން ގުނަން ހުށަހެޅި މައްސަލައިގައި ބުރަދަނެއް ނެތް - އީސީ
މި މަހު 21 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ އިންތިޚާބުގެ ތިނަދޫ ދެކުނު ދާއިރާގައި ބެހެއްޓި ވޯޓު ފޮށްޓެއް އަލުން ގުނައިދިނުމަށް އެދުނު މައްސަލައިގައި ބުރަދަނެއް ނެތް ކަމަށާ އަލުން ގުނަން ޖެހޭ ފަދަޙާލަތެއް ނެތްކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
23 Apr 2024
ކުޅުދުއްފުށީގައި 600 ކވ ގެ ދެ ޖަނަރޭޓަރު އިންސްޓޯލްކުރުމަށް ތައްޔާރުވެއްޖެ
ހދ.ކުޅުދުއްފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް 2 ޖަނަރޭޓަރ ފޮނުވާ، އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ، ހދ.ކުޅުދުއްފުށްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކޮށްދިނުމަށް 600 ކިލޯވޯޓުގެ 2 ޖަަނަރޭޓަރު މިހާރު އެރަށަށް ފޯރުކޮށްދީފައިވާކަމަށެވެ. އަދި، ލަސްތަކެއް ނުވެ ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށާ ކަރަންޓުގެ މައްސަލަ ހައްލުވެގެން ދާނެކަމަށެވެ.