20 Nov 2023
އީވާ ރިޔާސަތުން ދުރުކުރާ މައްސަލައިގެ ނޯޓިސް ފޮނުވައިފި
ރައްޔިތުން މަޖިލީހުގެ ނައިބް ރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ވަކިކުރަން ހުށައެޅި ޤަރާރު މަޖިލީހަށް ބަލައިގަނެ އީވާއަށް ނޯޓިސް ފޮނުވައިފިއެވެ.
20 Nov 2023
"ހަމަލާ ހުއްޓާލަން މަޖިލީހުން ގޮވާލާ އަޑު ދުނިޔެއަށް އިއްވަން ޖެހޭ"
ފަލަސްތީނަށް އިޒްރާއިލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ގޮވާލާ އަޑު މުޅި ދުނިޔެއަށް އިއްވަން ޖެހޭކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
20 Nov 2023
"ފަލަސްތީނު މައްސަލައިގެ ޙައްލަކީ ދެ ގައުމު އެކުގައި އުޅެނޭގެ ގޮތެއް ހޯދުން"
ފަލަސްތީނުގައި ހަމަޖެހުން ޤާއިމްކުރެވޭނީ އިޒްރާއިލާއި ފަލަސްތީނާއި ދެ ގައުމު ސުލްހަކޮށް އެކުގައި އުޅެވޭނެ ގޮތެއް ހޯދައިގެންކަމަށް މަޖިލީހުގެ ކުރީގެ ރައީސް، އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
20 Nov 2023
ވަޒީރުންގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުއްވައިފި!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.
20 Nov 2023
ނާޒިމްގެ އިސްތިއުނާފީ މައްސަލަ ޕީޖީން އެދިގެން ބާތިލުކޮށްފި
ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ނާޒިމް ސައްތާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން އެ މައްސަލަ ހައި ކޯޓުން ބާތިލު ކޮށްފި އެވެ.
20 Nov 2023
އިސްރާއީލުން ކުރަނީ ފަލަސްޠީނު ބިމުން ފޮހެލުމުގެ ޖަރީމާތަކެއް
ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ކުރަމުންދަނީ ހަނގުރާމައެއް ނޫން ކަމަށާ، އެހެނެއް ކަމަކު އެއީ ފަލަސްޠީނުގެ ވަސްވެސް މި ބިންމަތިން ފޮހެލުމަށް ހިންގަމުންދާ ޖަރީމާތަކެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
20 Nov 2023
ރައީސާއި ނާއިބު ނެތް ހާލަތުގައި ރިޔާސަތަށް އެރުވޭ މީހުންގެ ލިސްޓު!
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނާއިބު ރައީސް މަޖިލީހުގެ ތަޅުމުގައި ނެތް ހާލަތްތަކުގައި، ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅުންގެ ލިސްޓް ތަރުތީބު ކުރައްވައިފިއެވެ.
20 Nov 2023
އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ މަގާމް
ރާއްޖޭގައި އަރަބި ތައުލީމަށް ހާއްސަ، އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިކުރި މުހައްމަދު ޝުޖާއު އަބްދުއްރަހީމް، އަނެއްކާ ވެސް އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ހަމަޖައްސައިފި އެވެ.