19 Nov 2023
14 ހަފްތާ ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެން: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމްދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ގުނާނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
19 Nov 2023
އިމިގްރޭޝަން ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރައްވައިފި
ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލާއެކު އިމިގްރެޝަންގެ ޚިދުމަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރައްވައިފިއެވެ.
19 Nov 2023
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭން މަޝްވަރާ ކުރަނީ
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބޭ ހުރިހާ ކޯޓާއެއް ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް މަޝްވަރާ ކުރައްވާނެ ކަމަށާ އެކަމުގައި ރައްޔިތުންގެ ޚިޔާލު ހުރިގޮތް ވެސް އެނގެން ބޭނުންވާ ކަމަށް، އާ ސަރުކާރުގެ އިސްލާމި ކަންތައްތަކާއި ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
19 Nov 2023
މި ފެށުނީ ޗައިނާއާ އޮތް ތާރީޚީ އެކުވެރިކަމުގެ އާ ބާބެއް
ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސްޓޭޓް ކައުންސިލަރ ޝެން ޔިކިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ރާއްޖެއާއި ޗައިނާގެ ދެމެދުގައިވާ އެކުވެރި ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ.
19 Nov 2023
އައު މިނިސްޓްރީތަކަށް ވަގުތީ ޕީއެސް އިން ކަނޑައަޅައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި އަލަށް އުފެއްދެވި ވުޒާރާތަކަށް ވަގުތީ ގޮތުން ޕާމަނެންޓް ސެކެރެޓަރީން އައްޔަން ކޮށްފިއެވެ.
19 Nov 2023
ދިވެހިން ތިބީ ފަލަސްޠީނާއި އެކު: ރައީސް މުޢިއްޒު
ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދު އޭ. އެމް. އަބޫޢަލީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
19 Nov 2023
އަންހެނުން ބާރުވެރިކުރުވުމަކީ އިސްކަންދޭ މަސައްކަތް
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް އޮނަރަބްލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ކޭ.ސީ.، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
19 Nov 2023
ބުޅަލަށް ވަޅިހެރި މީހާބުނީ ވީޑިއޯ އަކީ އަސްލެއް ނޫންކަމަށް!
މާލޭގައި ބުޅަލަކަށް ވަޅި ހަރައި މަރައި ލުމުން ހައްޔަރު ކުރި މީހާ، އޭނާ އެކަން ކުރި ވަގުތުގެ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަކީ އަސްލެއް ނޫން ކަމަށް ބުނެފިއެވެ.