06 Sep 2023
މަރުތަކަށް އިންސާފު ހޯދަން ވެރިކަމަށް ގެންނަންވީ ގާސިމް
ރާއްޖޭގައި އެއްވެސް ހައްގަކާއި ނުލައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
06 Sep 2023
މުއިއްޒުގެ ވެރިކަމެއްގައި ފައިސާ ޗާޕްކުރުން ހުއްޓާލާނެކަމަށް ވިދާޅުވެއްޖެ
ރިޔާސީ އިންތިހާބު ކާމިޔާބުވެވަޑައިގެން ވެރިކަން ލިބި ވަޑައިގެންފިނަމަ ފައިސާ ޗާޕްކުރުން އެއްކޮށް ހުއްޓާލާނެ ކަމުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
06 Sep 2023
އަޅުގަނޑުވެސް ވާނީ ނަތީޖާ ނެރެދޭ މީހަކަށް: ޑރ މުއިއްޒު
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުވަނީ ރައްޔިތުންނަން ނަތީޖާ ނެރެފައިވައި ކަންކަން ކުރެއްވޭނެކަން ސާބިތު ކޮށްދެއްވައިފައިކަމަށާއި އެމަނިކުފާނުވެސް ކުރިއަށް ދާނީ ހަމަ އެގޮތުގައި ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
06 Sep 2023
ވޯޓު ވިއްކައިފިނަމަ ދެން ދުވަހަކުވެސް މިގައުމު ސަލާމަތެއް ނުކުރެވޭނެ
ހޮނިހިރު ދުވަހު ނެގޭ ރިޔާސީ އިންތިހާބުގެ ވޯޓު، ވަގުތީ ފައިދާއަށް ވިއްކާލައިފިނަމަ ދެން ދުވަހަކުވެސް މިގައުމު ސަލާމަތެއް ނުކުރެވޭނެ ކަމުގައި ޕީއެންސީގެ ރައީސް، އަދި އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހާވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
06 Sep 2023
މި ސަރުކާރުގައި ކުރިއަށްވުރެ ގިނައިން ދީނީ ހަރަކާތްތައް ހިންގިފައިވޭ!
މީގެ ކުރީ ސަރުކާރުތަކުން ހިންގިފައިނުވާ ވަރަށް މިސަރުކާރުން ދީނީ ހަރަކާތްތައް ހިންގިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
06 Sep 2023
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ދެމީހުން ހައްޔަރު ކޮށްފި!
މިއަދު ހެނދުނު މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
06 Sep 2023
ގިނަ ޢަދަދެއްގެ މަސްތުވާ ތަކެތި ނައްތާލައިފި
ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ މަސްތުވާ ތަކެި ނައްތާލައިފިއެވެ.
06 Sep 2023
ނަންވާނީ މައުމޫން، ކުރަނީ އެއްކަމެއް، ކަޑަޖަހަނީ
މިދުވަސްކޮޅު ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ބަނދަރުހެދުމާއި ބިން ހިއްކުމާއި މަގުހެދުންފަދަ މަޝްރޫއުތައް ހިންގުމަށް އެމްޓީސީސީއާއި ހަވާލުކުރަމުންދާ ކޮންޓްރެކްޓްތަކުގެ އަދަދު ގިނަކަމުން މީހުން ހައިރާންވެދާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އޯގަތެރިކަމާއި ހިންގުންތެރިކަން ހުރިވަރު ދައްކައިދޭ ކަމެއްކަމަށް އެއްބަޔަކު ކިޔާފާނެއެވެ.