ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
ހަބަރު
17 Nov 2023 | 19:48
ޑރ. މުޢިއްޒު ވާނީ، ތަރައްގީގެ އެންމެ ދުވެލި ބާރު ޒަޢާމަތެއް ފުރިހަމަ ކުރައްވާނެ ރައީސް އަށް: ޝިޔާމް

މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާ ރައީސް، ޑރ. މުހައްމަދު މުޢިއްޒު ވެގެންދާނީ އެންމެ ބާރު ދުވެލީގައި ތަރައްގީ ގެނެސްދޭ ޒަޢާމަތެއް ފުރިހަމަ ކުރައްވާނެ ރައީސް އަށް ކަމަށް މި ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީއާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ، މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ޝިޔާމް ވިދާޅުވީ، ޑރ. މުޢިއްޒަކީ ކަންކަން ވަރަށް އަވަހަށް އަދި ވަރަށް ފުރިހަމައަށް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށެވެ.

ޑރ. މުޢިއްޒު ވެގެންދާނީ ދިވެހިރާއްޖޭގެ އެންމެ ދުވެލިބާރު، މިދެންނެވީ ތަރައްގީގެ ދުވެލި އެނގޭތޯ. ތަރައްގީގެ ދުވެލިބާރު ޒަޢާމަތެއް ފުރިހަމަ ކުރައްވާނެ ރައީސް އަކަށް ޑރ. މުޢިއްޒު ވެވަޑައިގެންނަވާނެ. އެހެން މި ދަންނަވާ ވާހަކައަކީ، އެމަނިކުފާނު ބޭނުންވޭ ކަންކަން ވަރަށް އަވަހަށް ވާން. ކަންކަން ވަރަށް ރަނގަޅަށް ވާން. އަޅުގަނޑުމެންނަށްވެސް މި އޮންނަނީ 24 ގަޑިއިރު ކުޑަވެފައި އެނގޭތޯ. ފަސް އަހަރު މި ލިބެނީ ފަސް އަހަރުގައި ވަރަށް ގިނަ ކަންކަން ރައްޔިތުން އެބަ ބޭނުންވޭ. 

އަހުމަދު ޝިޔާމް 

މީގެ އިތުރުން، ޑރ. މުޢިއްޒުގެ އެންމެ ފާހަގަކޮށްލެވޭ ސިފަފުޅުތަކަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މުޢިއްޒަކީ ކަންކަން ނިންމެވުމުގެ ކުރިން މަޝްވަރާ ކުރައްވާ ބޭފުޅެއް ކަމަށެވެ. 

ވަކިން ޚާއްސަކޮށް ބޮޑެތި ކަންކަން. ސިޔާސީ ކަންކަން. އެންމެ ގާތުން މަޝްވަރާ ކުރައްވާނެ. ޕާޓީގެ ލީޑަޝިޕާއި މަޝްވަރާކުރައްވާނެ. ޓީމް ޕްލޭޔަރެއް އެނގޭތޯ ޑރ. މުޢިއްޒަކީ

އަހުމަދު ޝިޔާމް 

އިންތިޚާބީ ރައީސް މިއަދު ވެރިކަމާއި ހަވާލުވެވަޑައިގަންނަވާއިރު، އެމަނިކުފާނުވެސް ވިދާޅުވަމުން އަންނަނީ، ރާއްޖޭގެ ކުރިއަށް ނުގޮސް މަޑުޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައް އެމަނިކުފާނުގެ ޒަޢާމަތުގައި ބާރަށް ކުރިއަށް ގެންދަވާ ނިންމަވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.