އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު-- ފޮޓޯ/ޕީއެސްއެމް
ހަބަރު
19 Nov 2023 | 12:29
"ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭން އެބަ މަޝްވަރާ ކުރަން؛ ރައްޔިތުންގެ ޚިޔާލު ބޭނުން"

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބޭ ހުރިހާ ކޯޓާއެއް ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް މަޝްވަރާ ކުރައްވާނެ ކަމަށާ އެކަމުގައި ރައްޔިތުންގެ ޚިޔާލު ހުރިގޮތް ވެސް އެނގެން ބޭނުންވާ ކަމަށް، އާ ސަރުކާރުގެ އިސްލާމި ކަންތައްތަކާއި ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ގެނެސްދޭ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ޝަހީމް ޙައްޖު ކޯޓާއާއި ގުޅޭ މަޝްވަރާތައް ރައީސް މިހާރުވެސް ފަށްޓަވާފައިވާކަމަށެވެ. އަދި ކޯޓާ އިތުރު ކުރެވޭނެ ކަމާމެދު ވަރަށް ބޮޑު އުއްމީދެއް އޮތް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. 

"މިއަދު މިވަނީ މަޝްވަރާތައް ރައީސް ފަށްޓަވާފައި. ކޯޓާ ހަމަޖެއްސުމަކީ އެކަމަށް ވަރަށް އިންތިޒާމްތައް ބޭނުންވާ ކަމެއް. ހޮޓާ، ތިބޭނެ ތަންތަން، ދަތުރުތައް، މިގޮތަށް ވަރަށް ގިނަ އިންތިޒާމްތަކެއް ހަމަޖައްސަންޖެހޭ. މީހުން ގެންގޮސް އެމީހުންނަށް އުޅޭނި ގޮތެއް ނެތި ކުރިއަކަށްނުދެވޭނެ. މަޝްވަރާތައް ކުރިއަށްދޭ، އުއްމީދު ބޮޑު." ޝަހީމް ވިދާޅުވި އެވެ. 

މިއާއެކު ޝަހީމް ވަނީ، ރާއްޖެއިން މީހުން ހައްޖަށް ގެންދާ އަގު ހެޔޮ ކުރުމަށްވެސް މަޝްވަރާތައް ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ފައިސާއާ ގުޅޭ ކަމަކަށް ވުމުން ކުއްލި ހައްލެއް ނާންނާނެ ކަމަށާ، އެކަމަށް ވަގުތު ބޭނުންވާ ކަމަށެވެ.

"މަޝްވަރާ ކޮށްގެން ރަނގަޅު ހައްލަކަށް ދިޔުމަށް، އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހައްޖަށް ގެންދިޔުމަށް ބޮޑު އަގު ނަގާ މައްސަލަ ހައްލު ކުރުމަށް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާތައް ހައްޖު ކޯޕަރޭޝަންގެ ދަށަށް ގެންދިޔުމަށް މަޝްވަރާ ކުރައްވަމުންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ. 

"މަޝްވަރާ ކުރެވެމުން އެބަ ދޭ ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ނުދޭން ވެސް. އަދި އެކީ ނުނިންމާ. އެކަމާ މަޝްވަރާ ކުރަމުން ދަނީ. އެއީ އެމީހުން މާގިނަ ލާރި ރައްޔިތުންގެ އަތުން ނަގަނީ. 75،80،90 ހާސް ބިޑްގައި ޖަހާފައި، ރައްޔިތު މީހާއަތުން އިތުރަށް 50ހާސް 70 ހާސް ނަގަންޖެހުނީމަ އެއީ ވަރަށް ބޮޑު ކަމެއް. އެކަން އެގޮތަށް ރައްޔިތުންނަށް ގެއްލުންވާގޮތަށް ދޫކޮށްލާފަ ބޭއްވުން އެއީ އުނދަގޫ ކަމަކަށް ވާނެ. އެހެންވީމަ އެކަމަށް އޮތް ހައްލަކީ ހައްޖު ކޯޕަރޭޝަނަށް ހުރިހާ ކޯޓާއެއް ދިނުން."

ޑރ. ޝަހީމް ޢަލީ ސަޢީދު 

ޝަހީމް ވަނީ ރާއްޖެއަށްލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމާމެދު ރައްޔިތުން ދެކޭގޮތްވެސް އެނގެން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. 

ޝަހީމް އިތުރަށް ވިދާޅުވީ، ހައްޖަށް ގެންދިއުމުގެ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިން ނަމަވެސް، އުމްރާއަށް ގެންދަން އަމިއްލަ ކުންފުނިތަކަށް ފުރުސަތު އޮންނާނެ ކަމަށެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބޭ ކޯޓާއި އިތުރުކުރައްވަން މަސައްކަތް ކުރެއްވުމާއި، ޙައްޖާއި ޢުމްރާއާއި ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެވެ. ރާއްޖެއަށް މިހާރު ލިބޭ 1000 ކޯޓާގެ ބަދަލުގައި، އެ އަދަދު 2000އަށް އިތުރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.