ނަޝީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
20 Nov 2023 | 12:29
ފަލަސްތީނުގެ ހަމަޖެހުމަށް ދެ ގައުމު އެކުގައި އުޅެވޭނެ ގޮތެއް ހޯދަން ޖެހޭ: ނަޝީދު

ފަލަސްތީނުގައި ހަމަޖެހުން ޤާއިމްކުރެވޭނީ އިޒްރާއިލާއި ފަލަސްތީނާއި ދެ ގައުމު ސުލްހަކޮށް އެކުގައި އުޅެވޭނެ ގޮތެއް ހޯދައިގެންކަމަށް މަޖިލީހުގެ ކުރީގެ ރައީސް، އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އިޒްރާއިލްގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރުމާއި، އިޒްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުށައަޅުއްވާފައިވާ ގަރާރަށް މަޖިލީހުގައި ވާހަކަދައްކަވަމުން ނެވެ. 

ނަޝީދު ވިދާޅުވީ ޕަލަސްތީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަކުރަމުން އަންނަ ހަމާސް ނައްތާލުމުގެ ނަމުގައި ފަލަސްތީނަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކަކީ އިންސާނިއްޔަތާއި ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށެވެ. އަދި އެއީ އެއްވެސް ހާަލަތެއްގައި ބަލައިގަނެވެިގެންވާނެ ކަމެއް ނޫން ކަމަށެވެ. 

އެއާއެކު ނަޝީދު ވިދާޅުވީ މިނިވަންކަމަށްޓަކައި މަސައްކަތް ކުރުމަކީ އިންސާނީ ތަބީއަތް ކަމަށްވާއިރު، ހަމާސް ޖަމާއަތް ނައްތާލަން އުޅުނަސް އެކަން ނުކުރެވޭނެ ކަމަށެވެ.

އިޒްރާއިލުން ހުޅަނގުގެ އެހެން ގައުމުތަކުގެ ސަޕޯޓާއެކު ހަމާސް ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި، އެހެން ނަމަވެސް އަބަދުވެސް ފެނިގެންދަނީ އެންމެ ހީނުކުރާ ދަނޑިވަޅު ހަމާސްއިން ނިކުމެ އެމީހުންގެ މިނިވަންކަމަށްޓަކައި ހަމަލާދޭތަން ކަން ނަޝީދު ފާހަގަކުރެއްވި އެވެ. 

އެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ފަލަސްތީނުގައި ހަމަޖެހުން ގާއިމްކުރުމަށްޓަކައި ދެ ގައުމު ސުލްހަކުރުން މުހިންމު ކަމަށެވެ. އަދި ދެ ގައުމަށް އެކުގައި އުޅެވޭނެ ގޮތެއް ހޯދައިގެން ނޫނީ، ފަލަސްތީނުގައި ހަމަޖެހުން ގާއިމް ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑު ދެކޭގޮތުގައި ދެ ފަރާތް ގޮނޑިތަކުގައި ބައިތިއްބާ، މި ދެ ގައުމު ދެމެދުގައި ސުލްހަވެރިކަން ޤާއިމްކޮށް، މި ދެބައި މީހުންނަށް އެކީގައި އުޅެވޭނެ ގޮތެއް ނުހޯދޭހާ ހިނދަކު މި މައްސަލަ އަޅުގަނޑުމެންނަށް ކޮންމެ ދުވަހު... ކޮންމެ ދުވަހަކު ފެންނަމުން ދާނެ"

މެމްބަރު މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ އެ ކެކުޅުމަކީ މުޅި އިންސާނިއްޔަތު ތަހަންމަލު ކުރަން ޖެހިފައި އޮތް ކެކުޅުމެއް ކަމަށެވެ. އަދި އެއީ ވަރަށް އަވަސް ޙައްލެއް ހޯދަން ޖެހޭ މައްސަލައެއް ކަމަށެވެ. 

އޮކްޓޫބަރު މަހު އިޒްރާއިލްގެ ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، މިހާތަނަށް ޣައްޒާގައި ޝަހީދުވި މީހުންގެ ރިކޯޑުތައް ނުބެލެހެއްޓޭހާ މައްޗަށް ގޮސްފައިވާކަމަށް އދ އިން ވަނީ ރިޕޯޓުކޮށްފަ އެވެ. 

އޭގެ އިތުރުން ހަމަލާތަކުގައި ޒަޚަމްވާ މީހުންނަށް ފަރުވާދިނުމަށް ކަނޑައަޅާފައިވާ މައި ހޮސްޕިޓަލް "އަލް ޝިފާ" ބަންދުކުރުމަށް އިޒްރާއިލުން ދިން އިންޒާރާއެކު އެތަނުގެ ޚިދުމަތްތައް ވެސް ވަނީ ހުއްޓާލާފަ އެވެ. 

މީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގާ ގަތުލު އާންމެއްކަން ފާހަގަކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި އާންމު ރައްޔިތުން ނިކުމެ ވަރުގަދަ އިހުތިޖާޖުތަކެއް ކުރަމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް