30 Sep 2023
އީސީގެ އޮފިޝަލް ދުރުކުރުމަށްފަހު, ފޮނަދޫގެ ވޯޓުލުން ފަށަނީ
ވޯޓު ކަރުދާހުގައި ފާހަގަޖެހި މައްސަލައާއި ގުޅިގެން އީސީގެ އޮފިޝަލް މަޤާމުގެ މަސްއޫލިއްތުން ދުރުކުރުމަށްފަހު ލ.ފޮނަދޫގެ އެ ވޯޓުލުން މެދުކެނޑުނު ވޯޓުވޮށީގެ ވޯޓުލުން އަލުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އީސީން ވިދާޅުވެއްޖެއެވެ.
30 Sep 2023
ފާހަގަ ޖަހައިފައި ވޯޓް ކަރުދާސް ދޫކުރުމުން މަސްލަޙަތު ގެއްލިއްޖެ
ފާހަގަ ޖަހައިފައި ވޯޓު ކަރުދާސް ދޫކުރުމުން ކަމަށްބުނެ ލ ފޮނަދޫގެ ވޯޓް ލާ މަރުކަޒުގައި މަސްލަޙަތު ގެއްލި އަޑުގަދަ ކުރަމުންއެބަދެއެވެ.
30 Sep 2023
ރައީސް ޞާލިހު ވޯޓު ލައްވައިފި!
ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ސާލިހް ވޯޓު ލައްވައިފިއެވެ.
30 Sep 2023
ވޯޓް ކަރުދާސް ފޮޓޯ ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓް ލުމަށް ވޯޓްލާ މަރުކަޒަށް ގޮސް ވޯޓް ކަރުދާސް ކޮޅު ފޮޓޯ ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދްމަތުން ބުނެފިއެވެ.
30 Sep 2023
ރައީސް ޔާމީން ވޯޓު ލައްވައިފި
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބައިވެރިވެ ވަޑައިގެން ވޯޓު ލައްވައިފިއެވެ.
30 Sep 2023
9 ޖެހުމާއި ހަމައަށް ވޯޓް ލައިފައިވަނީ 36،312 މީހުން
މިއަދު ހެނދުނުގެ 9 ޖެހުމާއި ހަމައަށް ވޯޓް ލައިފައިވަނީ 36،،312 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
30 Sep 2023
ޑރ މުޢިއްޒުގެ އަނބިކަނބަލުން ވޯޓް ލައްވައިފި
ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވޯޓް ލައްވައިފިއެވެ.
30 Sep 2023
އަބޫދާބީ އާއި ޔޫކޭ ފިޔަވާ ހުރިހާ ތަނެއްގައިވެސް ވޯޓުލުން ފެށިއްޖެ
ޔޫއޭއީ)ގެ އަބޫދާބީ އާއި އިނގިރޭސިވިލާތް ފިޔަވާ ހުރިހާ ތަނެއްގައި ވޯޓުލުން ފަށާފައިގެން ކުރިއަށް ދާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.