ހަބަރު
08 May 2023
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެވަޑައިގެންފިއެވެ.
08 May 2023
ރައީސް ޞާލިހުގެ ސިޓީއާއި އިޓްލޮސްގައި އޮތް މައްސަލަ ގުޅޭމިންވަރު ޑރ މުނައްވަރު ވިދާޅުވެއްޖެ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށް ދިޔަ މައްސަލައާއި އެއްވެސް ގުޅުމެއް ނެތްކަމުގައި ވާނަމަ، މޮރިޝަސްގެ ފަރާތުން ކޯޓަށް އެ ސިޓީ ހުށައަޅަން ވެސް ނުޖެހުނީސްކަމަށް ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
07 May 2023
އަލަށް 100 އަށްވުރެ ގިނަ މީހުން ޖޭޕީއާ ގުޅިއްޖެ
އދ މާމިގިލިން މިއަދު ޖުމްހޫރީޕާޓީއާއި އަލަށް 100 އަށްވުރެ ގިނަ މެމްބަރުން ގުޅިފައި ވާކަމަށް ޕޭޖީން ބުނެފިއެވެ.
07 May 2023
އުކުޅަހުގައި ސަފާރީއެއް ބަނދަރުގައި ބާއްވައިގެން ރާ ވިއްކާ ކަމުގެ ތުހުމަތު
އއ. އުކުޅަހު ބަނދަރުގައި މަރާމާތަށް ކަމަށްބުނެ ބާއްވާފައި އޮތް ސަފާރީއަކުން ރަށުތެރެއަށް ބަނގުރާ ވިއްކަމުންދާ ކަމަށްބުނެ އެރަށު އާއްމުން ކަންބޮޑުވުން ފާޅުކޮށް، ކައުންސިލަށް މައްސަލަ ހުށަހަޅައިފިއެވެ.
07 May 2023
ފުއްގިރި މައްސަލައާއި ގުޅޭ އިސްތިއުނާފީ ނުކުތާތައް ސުޕްރިމް ކޯޓަށް ހުށައަޅައިފި
ރ. ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކާއި ގުޅިގެން ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ސުޕްރިމް ކޯޓަށް ހުށައެޅި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާ އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފީ ނުގުތާތަށް ހުށައަޅުއްވައިފި އެވެ.
07 May 2023
ހުމާމް މަރަން ކުރި ހުކުމް މުރާޖައާ ކުރަން އެދިއްޖެ
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ މައްސަލައާއި ގުޅިގެން މަރަން ހުކުމްކޮށްފައިވާ ހ.ލޮބީ، ހުސައިން ހުމާމުގެ މައްޗަށް ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
07 May 2023
ފުއްގިރި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި
ރ.ފުއްގިރި ކުއްޔަށް ދިނުމާ ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
07 May 2023
ދަރަވަންދޫއަށް މޯލްޑިވިއަންގެ ދަތުރުތައް އަލުން ފަށަނީ
މޯލްޑިވިއަންގެ ދަތުރުތައް ދަރަވަންދުއަށް އަލުން ފެށުމަށް އެ ކުންފުނިން ނިންމައިފިއެވެ.
07 May 2023
"އިންހޭލަރ ޖަހަން ބޭނުން ނުވާތީ ފަރުވާނުކުރުމަކީ އިހުމާލުވުން"
އިންހޭލަރ ޖަހަން ބޭނުން ނުވާތީ ނޭވާހިއްލުމުގެ ބައްޔަށް ފަރުވާނުކުރުމަކީ އިހުމާލުވުން ކަމަށް ރާއްޖޭގެ މަޝްހޫރު ޑޮކްޓަރ ޑރ މުހައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.
07 May 2023
ސާފްގެ ނައިބު ރައީސަކަށް އަލީ އުމަރު
ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (ސާފް)ގެ ނައިބު ރައީސްއަކަށް އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރު އިންތިހާބު ކޮށްފިއެވެ.