07 May 2023
ތުޅާދޫއާއި ހިންމަފުށީގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
07 May 2023
ރަށްވެހިންނަށް ގިނަ ޕޮއިންޓް ލިބޭގޮތަށް ދިގުރަށުން ގޯތި ދިނުމުގެ އުސޫލު ބަދަލުކޮށްފި
ރަށްވެހިންނަށް ގިނަ ޕޮއިންޓް ލިބޭގޮތަށް އދ. ދިގުރަށުން ގޯތި ދިނުމުގެ އުސޫލު ބަދަލުކޮށްފިއެވެ.
07 May 2023
"ނަޝީދުގެ ސެކިޔުރިޓީއަށް ދައުލަތުގެ ބަޖެޓް ހުސްކުރިޔަސް ހިތްހަމައެއްނުޖެހޭނެ"
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިޔުރިޓީއަށް ދައުލަތުގެ ބަޖެޓް ހުސްކުރިއަސް އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުގެ ހިތްހަމައެއް ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
07 May 2023
"ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ"
ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ ހެންވޭރު ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
07 May 2023
ފުވައްމުލަކު ސްކޫލްގެ ބާނީ ޢަބްދުލްޙަމީދު ޢަލީދީދީ ނިޔާވެއްޖެ
ފުވައްމުލަކު ސްކޫލްގެ ބާނީ އަދި އެސްކޫލްގެ ކުރީގެ ނާޒިރު ފުވައްމުލަކު ދޫޑިގަން، ލައިޓް ޢަބްދުލްޙަމީދު ޢަލީދީދީ ނިޔާވެއްޖެއެވެ.
07 May 2023
"މި ސަރުކާރުން އިންސާފުގެ ވާހަކަ ނުދެއްކިއްޔާ ދެން ރަނގަޅުވާނީ"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާ ދެވުނުތާ ދެ އަހަރު ވެފައިވާއިރު، މި އެމްޑީޕީ ސަރުކާރަށް އެމަނިކުފާނަށް އިންސާފު ހޯދައި ދެވިފައިނުވާތީ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ފާޑުވިދާޅުވެއްޖެއެވެ.
07 May 2023
"ނަޝީދަށް އިންސާފު ނުދީ ހިފެހެއްޓުމަކީ ރައީސް ޞާލިހު ބޭނުންވާ ގޮތް"
ކުރީގެ ރައީސް, އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ދެ އަހަރު ވެފައިވާއިރު، އަދިވެސް އެމަނިކުފާނަށް އިންސާފު ހޯދައިދެވިފައި ނުވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
06 May 2023
ޗާލްސް 3 ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.