އދ. ދިގުރަށް----- ފޮޓޯ: ފްރޮމް ޓައިނީ އައިލްސް
ހަބަރު
07 May 2023 | 13:01
ރަށްވެހިންނަށް ގިނަ ޕޮއިންޓް ލިބޭގޮތަށް ދިގުރަށުން ގޯތި ދިނުމުގެ އުސޫލު ބަދަލުކޮށްފި

ރަށްވެހިންނަށް ގިނަ ޕޮއިންޓް ލިބޭގޮތަށް އދ. ދިގުރަށުން ގޯތި ދިނުމުގެ އުސޫލު ބަދަލުކޮށްފިއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ކުރިމަތިވެލޭ ގޮތަށް ދިގުރަށުން ގޯތި ދޫކުރުމަށް އެރަށުން ހުޅުވާލީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އޭރު ރަށްވެހިންނަން ދިނުމަށް ކަނޑައަޅާފައި ވަނީ 20 ޕޮއިންޓް ކަމަށް ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން "ވޮއިސް" އަށް ވިދާޅުވިއެވެ.

ނަމަވެސް އެ ނަންބަރު އިސްލާހުކޮށް، މިހާރު އެރަށު ރަށްވެހިންނަށް ދިނުމަށް ހަމަޖެހިފައި ވަނީ 65 ޕޮއިންޓެވެ.

މި ބުރުގައި އެރަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 އަކަފޫޓުގެ 77 ގޯއްޗެވެ.

ގޯއްޗަށް އެދި ހުށަހަޅާ މީހުންނަކީ ދިވެހި ރައްޔިތަކަށް ވާންޖެހޭ ކަމަށާއި، މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ މީހެއްކަމަށް ވާންޖެހެއެވެ. 

ދިގުރަށު ކައުންސިލުން ބުނީ، ގޯއްޗަށް އެދުމުގެ ޝަރުތުހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި އދ. ދިގުރަށުން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މި މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް އެރަށު ކައުންސިލް އިދާރާއަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.     

"ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ގޯއްޗަށް އެދޭ ފޯމް ރަމަޟާން މަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ 07 ދުވަހާއި ހަމައަށް ދޫކުރުން އޮންނާނީ ހެނދުނު 09:30 އިން 10:30 އާ ދެމެދު އަދި ފޯމު ބަލައިގަތުން އޮންނާނީ ހެނދުނު 10:45 އިން މެންދުރު 12:30 އަށެވެ. ރަމަޟާން މަހާއި ޝައްވާލު މަހުގެ 07 ވަނަ ދުވަހުގެ ފަހުން ގޯއްޗަށް އެދޭ ފޯމު ދޫކުރުން އޮންނާނީ ހެނދުނު 08:30 އިން 10:00 އާ ދެމެދު އަދި ފޯމު ބަލައިގަތުން އޮންނާނީ ހެނދުނު 10:15 އިން މެންދުރު 13:00 އަށެވެ." އެ ކައުންސިލްގެ އިއުލާނުގައިވެއެވެ.

ގޯއްޗަށް އެދޭ ފޯމް ކައުންސިލްގެ ވެބްސައިޓް www.dhigurah.gov.mv އިން އަދި އެ އިދާރާއިން ކޮށްފައިވާ އިޢުލާނާއެކު ލިބެން ހުންނާނެ ކަމަށް ދިގުރަށު ކައުންސިލުން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.