ޗާގޯސް މައްސަލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރޭއިން--ފޮޓޯ/ ދިޔަރެސް
ހަބަރު
08 May 2023 | 10:42
ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން ޓްރައިބިއުނަލްގައި ނުކޮށް ދޫކޮށްލި 3 ސުވާލެއް!

ޗާގޯސްގެ ކަނޑުގެ ސަރަހައްދު ބައިކުރިއިރު، ޓްރައިބިއުނަލްގައި ދިވެހި ސަރުކާރުން މުހިންމު ތިން ސުވާލެއް ނުކޮށް ދޫކޮށްލާފައިވާ ކަން ފާހަގަކުރައްވައި އެ ސުވާލުތައް ނުކުރެއްވީ ކީއްވެތޯ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު ސުވާލު ކުރައްވައިފިއެވެ. 

ޗެނަލް 13 ގެ ނިޔުސް ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ، ޓްރައިބިއުނަލް އަކުން އިންސާފުވެރިކަމާއިއެކު ނިންމި ނިންމުމަކާއި މެދު އެއްވެސް ޝަކުވާއެއް ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، ދިމާވެގެން އުޅޭ މައްސަލަ އަކީ، ދިވެހި ސަރުކާރުގެ ފަރާތުން އެ މައްސަލާގައި ވަކާލާތުކުރެއްވި ގާނޫނީ ވަކީލުން، ޓްރައިބިއުނަލްގައި މުހިންމު ތިން ސުވާލެއް ނުކޮށް ދޫކޮށްލާފައިވާތީ އެ މައްސަލަ ކަމަށެވެ. 

"ކީއްވެހޭ މި ތިން ސުވާލު ނުކުރީ. ފުރަތަމަ ސުވާލަކީ އެތަނުގައި ގައުމެއް އެބަ އޮތްހޭ ނެތް ހޭ. ތިޔަ ޒޯނު ދެނީ ކާކަށްހެއްޔޭ؟ ހަމަގައިމު ޗާގޯސް އޮތީ މޮރިޝަސް އަތުގައި އެއްނޫން މިވަގުތު. އިނގިރޭސިންގެ އަތްދަށުގައި އޮތީ. ކޮންޓްރޯލް އޮތީ އިނގިރޭސިންގެ އަތްދަށުގައި. އެހެންވީމާ ޒޯންގައި ތި ހަވާލުކުރެއްވި ބައި ހަވާލުކުރެއްވީ ކާކާތޯ؟ މޮރިޝަސް އަށް އަދި ޗާގޯސްވެސް ނުލިބެޔޭ. އިނގިރޭސިން ދިން ދުވަހަކުން ލިބޭނީ. އެހެންވީމާ ތަންކޮޅެއް އަވަސް ނޫންތޯއޭ، ޗާގޯސްގެ މައްޗަށް ސޮވެރެންޓީ ލިބުނު ދުވަހަކުން ނޫންތޯއޭ ކަނޑައަޅަން ޖެހޭނީ."

ޑރ. މުހައްމަދު މުނައްވަރު 

މިއާއެކު މުނައްވަރު ވިދާޅުވީ އެކްސްކްލޫސިވް އިކޮނަމިކް ޒޯން އަކީ ސޯޝިއޯ އިކޮނޮމިކް ކޮންސެޕްޓެއް ކަމަށެވެ. އެކަން އައިސީޖޭ ގައިވެސް އޮންނާނެކަމަށެވެ. 

"އެއީ އެތާ ދިރިއުޅޭ މީހުންގެ، އިންސާނުންގެ ދިރިއުޅުމަށްޓަކައި ކެއިން ބުއިމަށްޓަކައި މި ޒޯން މި ކަނޑައަޅަނީވެސް ފުރަތަމަ. ކަނޑައަޅާއިރުގައި މީހުން ނޫޅޭ ތަނަކަށް ހަމައެކަނި މިލިޓަރީ ބޭސްއެއް ހިންގާ ތަނަކަށް ކިހިނެއްތޯ އޭ އިކޮނަމިކް ޒޯންއެއް ދޭނީ؟ އަޅުގަނޑު މި އަހަނީ ކީއްވެހޭ އެ އާގިއުމަންޓް ނުދިނީ."

ޑރ. މުހައްމަދު މުނައްވަރު 

މުނައްވަރު ވިދާޅުވީ، ދިވެހިންގެ އިގްތިސާދީ ލޭނަރަނީ މަސްވެރިކަން ކަމަށެވެ. އެކަން އެހެން އޮތް އިރު ދިވެހިން ބަސް ބާނަމުންދިޔަ ޒޯން، ދިވެހިން ބައި ކުރަންޖެހެނީ ކީއްވެތޯ އޭނާ ސުވާލު ކުރައްވާފައިވެއެވެ. 

"އަޅުގަނޑުމެން މި ކަނޑު މިގޮތަށް ބޭނުން ކޮށްކޮށް ޒަމާނުއްސުރެ، ޓޫނާ ފިޝަރީޒް ބޭސް އަކަށް އޮއްވައި ކީއްވެހޭ؟ އަޅުގަނޑުމެންނަށް ނޫންތޯއޭ ޕްރައޮރިޓީ ލިބޭނީ. އަޅުގަނޑުމެންނަށް 200 މޭލު ދީފައި ދެން ބަކީ އޮތް އެއްޗެއް ނޫންހޭ އެހެން ގައުމަކަށް ލައިސެންސް ދޭން ލިބެންވީ. މޮރިޝަސް އަކީ އިންޑީޖަނަސް ފިޝިން ނޭޝަން އެއްނޫން. މިއީ އެމީހުންގެ ގައުމާއި، އަޅުގަނޑަކަށް ނޭނގޭ ، 2000 މޭލު ދުރުގައި އޮތް ތަނެއް. މިތަނަށް އެމީހުންގެ މަސްވެރިންނެއް ނާދޭ. މިތަނަށް އެމީހުން ދޫކުރާނީ ލައިސެންސް. ލޯންގެ ޑިސްޓެންސް ފިޝިންގ ނޭޝަން ތަކަށް ލައިސެންސް. ލައިސެންސް ދޭން ޒޯން އެއް ލިބިގެން ނުވާނެ ނޫންތޯއޭ އަޅުގަނޑުމެން އެތަނުން  ކައިގެން ބޮއިގެން އުޅޭ ބައެއް ތިއްބާ އަޅުގަނޑުމެންގެ ހައްގަށް ނުބަލައި. ކީއްވެހޭ އެ އާގިއުމަންޓް ނުދިނީ؟"

ޑރ. މުހައްމަދު މުނައްވަރު 

މުނައްވަރު ވިދާޅުވީ ޓްރައިބިއުނަލް ގައި ދެއްކެވި ހުރިހާ ވާހަކައެއް ފެށުނީއްސުރެ ނިމެންދެން ފެންނަން އޮތް ކަމަށާ، އެހެން ނަމަވެސް، އެ މުހިންމު ތިން ސުވާލު ކޮށް، އެކަމަށް ސަރުކާރުން ވަކާލާތު ކޮށްފައިވެސް ނުވާކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.