06 Apr 2026
އެންޓި ސްކޭމް ސެންޓަރުގެ ފުރަތަމަ އަހަރު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިފި
06 Apr 2026
ފެނަކަ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި
ޕީސީބީން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހ.ޔެލޯރޯޒް 2، މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހް މިއަދުން ފެށިގެން ވަނީ ވަކިކޮށްފައި ކަަމަށެވެ.
06 Apr 2026
އެމްޑީޕީ މޮޅުވީ ވަކި ބަޔަކު އެނބުރި އައިސްގެނެއް ނޫން: ނަޒީހާ
ނަޒީހާ ވިދާޅުވީ އިންތިހާބުން މޮޅުވީ އެމްޑީޕީގެ މެންބަރުން އެކުގައި ނިކުމެ މަސައްކަތް ކުރީމަ ކަމަށެވެ.
06 Apr 2026
ޕީޓްރަލް އަޙްމަދުބެގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ
ކާބޯތަކެތީގެ ޚިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ، އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށާ މައްޗަންގޮޅީގެ ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
06 Apr 2026
1.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވެލާނާ އެއާޕޯޓުން އަތުލައިގެންފި
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، އެއާޕޯޓުން އަތުލައިގަތް ތަކެތީގެ ބަރުދަނުގައި ޖުމްލަ ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހުއްޓެވެ. ތަހުލީލުތަކުން ދައްކާގޮތުގައި މިއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއެވެ.
06 Apr 2026
މިފްކޯ މަސްދަޅުގެ އަގު ބޮޑުކޮށްފި
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މަސްދަޅުގެ އަގަށް ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
06 Apr 2026
ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ކިބައިގައި އަޚްލާޤީ ރިވެތި ސިފަތައް އަށަގަންނުވާ
ކުޅިވަރުގެ ސަބަބުންގެ ޒުވާނުންގެ ކިބައިގައި އަޚްލާޤީ ރިވެތި ސިފަތައް އަށަގެންނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
06 Apr 2026
އިންޑިއާގެ ކަނޑުގެ ސިފައިންގެ އުޅަނދު "އައި.އޯ.އެސް ސާގަރު" މާލެއަށް ބަނދަރުކޮށްފި
މި އުޅަނދުގައި ތަފާތު 16 ޤައުމަކަށް ނިސްބަތްވާ 39 ފަޅުވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ ސިފައިންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. މިފަދަ ބައިނަލްއަޤްވާމީ ވަފުދަކާއެކު މި އުޅަނދު ރާއްޖެއަށް އައުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހާމަކޮށްދޭ ކަމެކެވެ.