ހަބަރު
06 Apr 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި
މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުން ކަން ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން، ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ހަމަޖައްސައިފާކަން ރައީސް އޮފީހުން ބުނެއެވެ.
06 Apr 2026
"ރިޕެއާ" ކުރާ ކަމަށް ބުނެ ސްކޭމެއް؛ ސަމާލުވާން ފުލުހުން އެދިއްޖެ
ފުލުހުންގެ ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި، މި ސްކޭމް ހިންގާ މީހުން އެންމެ ފުރަތަމަ ބަލަނީ ފޭސްބުކްގައި ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެއްޗަށެވެ. އެއަށްފަހު އެ ތަކެތި ވިއްކި ފަރާތްތަކަށް ގުޅައި، އެއީ އެ މީހުން މަރާމާތުކޮށްދިން އެއްޗެއް ކަމަށް ބުނެ އޮޅުވާލައިގެން މުދާ ވިއްކި މީހާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރެއެވެ. މިއީ މަކަރާއި ހީލަތުން ފައިސާ ފޭރުމަށްޓަކައި ވަރަށް ބޮޑަށް ރާވައިގެން ހިންގާ އަމަލެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފައެވެ.
06 Apr 2026
ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅެއް؛ މިފްކޯގެ ރަސްމީ ވަގުތު ކުރުކޮށްފި
މިފްކޯގެ ސީނިއާ މެނޭޖާ ޕަބްލިކް ރިލޭޝަންސް ޝިފްޒާ މުސްތަފާ ބުނި ގޮތުގައި، މިހާރު ހެނދުނު 8:00 އިން ހަވީރު 4:00 އަށް އޮންނަ ރަސްމީ ގަޑި، މާދަމާއިން ފެށިގެން މެންދުރުފަހު 2:00 އަށް ވަނީ ކުރުކޮށްފައެވެ. މި ބަދަލަކީ ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުންފުންޏަށް ކުރިމަތިވެދާނެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅި ފިޔަވަޅެކެވެ.
05 Apr 2026
މާމިގިލީން ޖޭޕީގެ ބާރު ކެނޑި، ހަ ގޮނޑި ގެއްލިއްޖެ
ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ކުޑަ ތަފާތަކުން ކައުންސިލްގެ ރައީސްގެ މަގާމު ޖުމްހޫރީ ޕާޓީން ވަނީ ދިފާއުކޮށްފަ އެވެ. އަދި ކައުންްސިލްގެ އެއް ގޮނޑި ދިފާއުކުރި އެވެ.
05 Apr 2026
އަދާލަތަށް ހަ ގޮނޑި, ކިނޮޅަހާއި މަކުނުދޫގައި އެ ޕާޓީ ވަރުގަދަ
އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، އަދާލަތު ޕާޓީން ހަ ގޮނޑި ކާމިޔާބު ކޮށްފި އެވެ.
05 Apr 2026
އިނގުރައިދޫ ކައުންސިލް ރައީސްގެ ގޮނޑި މިނިވަން ކެނޑިޑޭޓަކަށް
05 Apr 2026
ފީވާން ކައިރިވުމުން ކަރާ ކިލޯއެއް 8 ރުފިޔާއަށް
05 Apr 2026
އަހްމަދަށް ރެކޯޑެއް; ކިނޮޅަސް ރައީސް ކަމުގެ ފަސްވަނަ ދައުރަށް އިންތިހާބުވެއްޖެ
އޭނާ ވަނީ އިއްޔެގެ އިންތިހާބުގައި 231 ވޯޓް ހޯދާފަ އެވެ. އަމިއްލަ ގޮތުން ވާދަކުރި ނައުފަލް އަބްދުލްހަންނާނަށް ލިބުނީ 200 ވޯޓެވެ.
05 Apr 2026
ވިޝާމް ތަފާތު ދައްކައިފި، ބޮޑު ދެ ޕާޓީ ބަލިކޮށް ކުރިނބީ ރައީސަކަށް
ވިޝާމްގެ އިތުރުން އެ މަގާމަށް އެމްޑީޕީއާ ޕީއެންސީގެ ކެންޑިޑޭޓުން ވެސް ވާދަކުރި އެވެ. އެމްޑީޕީން ވާދަކުރީ މުހައްމަދު ސިޔާހް އެވެ. ޕީއެންސީން ވާދަކުރީ މިހާރުވެސް ކުރިނބީ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އަސްލަމް އެވެ.
05 Apr 2026
ހިދުމަތްތެރިޔާ ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވެއްޖެ، ރައީސްގެ ތައުޒިޔާ
ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށާއި ށ. އަތޮޅުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.