03 Apr 2026
ރައީސްގެ އިލްތިމާސް: ދޫނިތަކަށް ވޯޓް ދެއްވާ، ނަތީޖާ ނެރެދޭނަން
"ތިބޭފުޅުން އަޅުގަނޑުމެންނަށް އިތުބާރުކޮށް ދެއްވާ ވޯޓް ވެގެންދާނީ ތިބޭފުޅުން ފަޚުރުވެރިވާ ވޯޓަކަށް. އޭގެ ނަތީޖާ އަޅުގަނޑުމެން ނެރެދޭނެ ވޯޓަކަށް. ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު މާޔޫސްވާނެ ވޯޓަކަށް ވެގެންނުދާނެ ވޯޓަކަށް," ރައީސް ވިދާޅުވި އެވެ.
03 Apr 2026
ބޮޑު ދެ ޕާޓީގެ ހިނގާލުމުން ކުރިއަށް، އެތައް ސަތޭކަ ބަޔަކު ބައިވެރިވޭ
ދެ ޕާޓީގެ ހިނގާލުމުގައި ވެސް އެތައް ސަތޭކަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. ހިނގާލުމުގެ ބައިވެރީން ތިބީ އެ ޕާޓީތަކުގެ ސިޔާސަތުތަކާއި ކެންޑިޑޭޓުންގެ ފޮޓޯތަކާއި ޕާޓީގެ ދިދައާ ލޯގޯ ރަމްޒުކޮށްދޭ ލިޔުންތަކާއި ބެނާތައް ހިފައިގެންނެވެ.
03 Apr 2026
އިންތިހާބު ވޮއިސް ލައިވް ބްލޮގް ކަވަރޭޖް
މިއީ ލޯކަލް ކައުންސިލް، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު 2026 ކައުންސިލް އިންތިހާބުގެ ވޮއިސް ލައިވް ބޮލްގް ކަވަރޭޖްއެވެ. މިކަވަރޭޖް އިންތިހާބުގެ ވަގުތީ ނަތީޖާ ހާމަކުރުމާހަމަޔަށް ކުރިއަށް ގެންދެވޭނެއެވެ.
03 Apr 2026
ފޭކު ސްލިޕް ފޮނުވައިގެން ފިހާރައަކުން 8،700 ރުފިޔާގެ މުދާ ގަތް ދެ އަންހެނުން ހޯދަނީ
ފޭކު ޕޭމަންޓް ސްލިޕެއް ބޭނުންކޮށްގެން "ނިޔު އެޑިޝަން" ފިހާރައިން 8،000 އަށްވުރެ ގިނަ ރުފިޔާގެ މުދާ ނެގި ދެ އަންހެނުން ހޯދަން އެ ފިހާރައިން އިއުލާން ކޮށްފިއެވެ.
03 Apr 2026
އަލިފުށީގައި ގެއެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އައިރިސްގޭގައި ރޯވުމުން އަލިފާން ނިއްވުމަށް ރައްޔިތުންނާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
03 Apr 2026
ހިކުމަތްތެރީންގެ ބަހަށް ބަލާ އިރުޝާދު ލިބިގަންނަނަމަ، ބުނަންޖެހެނީ އާނއެކޭ: ދިޔާނާ
ދިޔާނާ ވިދާޅުވީ ތަޖުރިބާކާރު، ޙިކުމަތްތެރި އަދި ހަރު މީހުންގެ ބަހަށް ބަލާ އިރުޝާދު ލިބިގަންނަނަމަ، ފެންނަ ނުފެންނަ ވޯޓުގައި ބުނަންޖެހެނީ އާނއެކޭ ކަމުގައި އެވެ.
03 Apr 2026
އިންތިހާބުގެ ކެމްޕެއިން ނިންމަން އެމްޑީޕީން ބޮޑު ހިނގާލުން މިއަދު ހަވީރު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ކެމްޕެއިން ނިންމުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބާއްވާ ބޮޑު ހިނގާލުން މިއަދު ހަވީރު އޮންނާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
03 Apr 2026
ޓެކްސީލައިންގެ ފުރަތަމަ ހަފުތާ ހިލޭ، ދަތުރު ނެގޭނީ 1655އަށް ގުޅައިގެން
ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާގެ ޚިދުމަތަކީ ތަޖުރިބާ ދަތުރުތަކެއްކަމަށާއި، މި މުއްދަތުގައި އެއްވެސް އަގަކާ ނުލާ ޙިދުމަތް ލިބޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.