04 Apr 2026
ވަކި ވޯޓެއް ނުލާ މީހުންނަށް, އޭގެ ވޯޓު ކަރުދާސް ދޫނުކުރަނީ ބިރު ދައްކަން
މިއަދު ތިން އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދާއިރު، އެތަނުން ވަކި އިންތިޚާބެއްގައި ވޯޓުލާން ބޭނުން ނޫން މީހުންނަށް އެ އިންތިޚާބެއްގެ ކަރުދާސްކޮޅު ނުދެނީ ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކައި، އެ މީހުންގެ ވޯޓުލުމުގެ ހައްޤަށް ހުރަސްއެޅުމަށް ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
04 Apr 2026
ރައީސް މުޢިއްޒު ވޯޓު ލައްވައިފި
ލޯކަލް ކައުންސިލް އިންތިޚާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޯޓު ލައްވައިފިއެވެ.
04 Apr 2026
588 ފޮށީގެ ތެރެއިން މިހާތަނަށް ވޯޓުލާން ފެށުނީ 585 ފޮށީގެ
ތިން އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު އަދިވެސް 3 ފޮށީގެ ވޯޓުލުން ނުފެށޭކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
04 Apr 2026
ވީއައިއޭގެ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއައިއޭގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ. އެ ކުންފުންޏާއެކު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 16 އޮކްޓޯބަރު 2024 ގައެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 10 އޭޕްރިލް 2025 ގައެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ.
04 Apr 2026
ބޯޓެއްގެ ފަޅުވެރިން ޚަބަރު ހުސްވެގެން އެޑްމިޓުކޮށްފި
މާލެ ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ފަޅުވެރިން ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފި އެވެ.
04 Apr 2026
ތިން އިންތިޚާބުގެ ވޯޓުލުން ފަށައިފި
މިއަދު ބާއްވާ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.
04 Apr 2026
ވަކި ވޯޓެއްގައި ބައިބެރިވާން ބޭނުން ނުވާ ނަމަ އެ ކަރުދާސް ނުދޭނެ
މިއަދު ތިން އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދާއިރު، އެތަނުން ވަކި އިންތިޚާބެއްގައި ވޯޓުލާން ބޭނުން ނޫން މީހުންނަށް އެ އިންތިޚާބެއްގެ ކަރުދާސްކޮޅު ނުދޭނެ ކަމަށާ، އަދި އެކަން އިއުލާންވެސް ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ބުނެފިއެވެ.
04 Apr 2026
މަގު ހުރަސްކުރަނިކޮށް ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
މާލެ، ބޮޑުތަކުރުފާނު މަގުގެ ރައީސް ޔާމީންގެ ގެކޮޅު ކުރިމަތީ ހިނގި މި އެކްސިޑެންޓް ހިނގީ ކާރަކުން، ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި އެވެ.