01 Apr 2026
04 އޭޕްރީލްގައި މާލޭގެ މަގުތަކުގައި ބައެއް އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަޅައިފި
މި ނިންމުމަކީ އިންތިޚާބުގެ އިންތިޒާމުތައް ހަރުދަނާކޮށް، އަމާން އޮމާން މާހައުލެއްގައި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މިގޮތުން ވަކި ކެޓަގަރީތަކުގެ އުޅަނދުތަކެއް ވަކި ވަގުތުތަކެއްގައި ދުއްވުން ވަނީ މަނާކޮށްފައެވެ.
01 Apr 2026
ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް އެމްޑީޕީން މިއަދު އޭސީސީއަށް ދަނީ
އިދިކޮޅު މައި ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންތިޚާބާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް އޭސީސީން އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ކޮމިޝަން ހަނު އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.
01 Apr 2026
ފުލުހުންގެ ޚާއްސަ ތަމްރީނުތަކެއް މިއަދު މާލެއާއި އަތޮޅުތަކުގައި ފަށަނީ
ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ތަމްރީނުތައް ކުރިއަށްދާނީ މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށެވެ. މި ވަގުތުތަކުގެ ތެރޭގައި މާލޭގެ އިތުރުން އަތޮޅުތަކުގެ އެކި ސަރަހައްދުތަކުގައި ތަމްރީނުގެ ތަފާތު ހަރަކާތްތައް ފެނިގެންދާނެއެވެ.
01 Apr 2026
ބީއެމްއެލްގެ ހައުސިން މަޝްރޫއުއަށް 540 ޔުނިޓް އިތުރުކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ވަނީ، މި މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިން ޔުނިޓް އެޅުމަށް ނިންމައި މިކަމަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަން އިއުލާން ކޮށްފަ އެވެ.
01 Apr 2026
ވޯޓްގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެ، ބޭނުން ގޮތަކަށް ވޯޓް ދެވޭނެ: އީސީ
ހަމަޖެހިފައިވާ ގޮތަށް ކޮންމެ މީހަކަށް ވެސް ތިން ކަރުދާސް އެ މީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމަށް ބުންޏެވެ.
31 Mar 2026
އިންތިހާބުގެ ކެމްޕެއިން ނިންމަން އެމްޑީޕީން ބޮޑު ހިނގާލުމެއް، ނަޝީދުގެ އިލްތިމާސެއް
މިއީ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް ފަހު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި ފަހުން އެ ޕާޓީން ވާދަކުރާ ފުރަތަަމަ އިންތިހާބެވެ.
31 Mar 2026
ހުޅުމާލޭގެ ބޮޑު މިސްކިތަށް ރާޖިޙީ ކުންފުނިން ފައިސާ ހަމަޖެހިއްޖެ
ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
31 Mar 2026
އަމީންއާ ހަވާލުކޮށްގެން އިމާރާތްކުރާ 364 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި
މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިންނެވެ.