މިރޭގެ ރަސްމިއްޔާތުގައި ޝަރީފް ވާހަކަ ދައްކަވަނީ --
ހަބަރު
01 Apr 2026 | 01:16
ބީއެމްއެލްގެ ހައުސިން މަޝްރޫއުއަށް 540 ޔުނިޓް އިތުރުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީއެމްއެލް އެފޯޑަބަލް ލީޒިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ހައުސިން މަޝްރޫއުގެ ދަށުން އިތުރު ހައުސިން ޔުނިޓްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް އިއުލާނު ކޮށްފި އެވެ.

ބީއެމްއެލްގެ ހައުސިން މަޝްރޫއުގެ ދަށުން އެޅުމަށް ނިންމާފައި ވަނީ 3260 ހައުސިން ޔުނިޓެވެ. އެގޮތުން ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) މެދުވެރިކޮށް 1،224 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފަ އެވެ. އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) މެދުވެރިކޮށް 300 ހައުސިން ޔުނިޓް އެޅުމަށް ވަނީ ބިންގާ އަޅާފަ އެވެ.

ޗައިނާގެ ބީޔޫސީޖީ އާ ހަވާލުކޮށްގެން އިމާރާތްކުރުމަށް ނިންމި 1،190 ޔުނިޓްގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. އަދި އަމީން ކޮންސްޓްރަކްޝަން ކޮމެޕެނީ ޕްރައިވެޓް މެދުވެރިކޮށް 364 ހައުސިން ޔުނިޓު އެޅުމަށް މިރޭ ވަނީ ބިންގާ އަޅާފަ އެވެ.

މިރޭ އޮތް ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް އިން ވަނީ، މި މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިން ޔުނިޓް އެޅުމަށް ނިންމައި މިކަމަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަން އިއުލާން ކޮށްފަ އެވެ. މިއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިން 3800 ހައުސިން ޔުނިޓް ތަރައްގީ ކުރާނެ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ގައިދީން ބެލެހެއްޓުމާގުޅޭ ޕްރޮގްރާމެއްގައި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
21 Sep 2026
ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
ފްލަމް މޮޅުވަމުން ދަނިކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ 89 ވަނަ މިނެޓް ތެރޭގައި ކުންހާ އެވެ
21 Sep 2026
ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ސިންގަޕޫރުން ފެށީ ތަފާތު ހަރަކާތެއް
ދިރިއުޅުމުގެ ކާރުބާރު ބޮޑު މާހައުލުގައި ދުވާލަކު 15 މިނެޓު ފޮތެއް ކިޔާލައިގެން ކުޑަ ނަމަވެސް ފައިސާގެ އިނާމެއް ލިބޭނެ ގޮތެއް އޮތްނަމަ އެކަން ކުރާނަން ހެއްޔެވެ؟ ސިންގަޕޫރުގެ ސަރުކާރުން މިހާރު މިވަނީ ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން މިފަދަ ތަފާތު ކެމްޕޭނެއް ފަށާފައެވެ.
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ
21 Sep 2026
ފަލަސްޠީނާ އެއްބައިވާ ދަރިވަރެއްގެ ގެ ފުލުހުން ފާސްކޮށްފި
މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި ދަރިވަރެއްގެ ގެ ވޮރެންޓަކާ ނުލައި ނުވަ ގަޑިއިރަށް ވުރެ ގިނައިރު ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
21 Sep 2026
ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.
21 Sep 2026
އެއް ސައިކަލު ދުއްވަން އިން ޒުވާނާގެ ލައިސެންސްއެއް ނެތް: ފުލުހުން
މާލޭގެ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.