ހަބަރު
27 Aug 2022
މި ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް ރަށެއް ތަފާތު ނުކޮށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން: ރައީސް ޞާލިހު
މިސަރުކާރުން މަސައްކަތް ކުރަނީ، ކުދި، ބޮޑު އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި، ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރަތްމަންދޫ ރައްޔިތުންނާއި އެކު މިއަދު އެރަށުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
27 Aug 2022
ރައްޔިތުން އުއްމީދު ނުކުރާފަދަ ތަރައްޤީ މި ސަރުކާރުން ގެނެސްދީފި: ރަތްމަންދޫ ކައުންސިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރުން ރަތްމަންދޫގެ ރައްޔިތުން ކުރިން އުއްމީދު ނުކުރާވަރުގެ ތަރައްޤީއެއް ގެނެސްދީފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ރަތްމަންދޫ ކައުންސިލް މިފަދައިން ބުނެފައިވަނީ އެކައުންސިލާ އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަތްމަންދޫގެ ތަރައްޤީއަށް ހިންގަމުންދާ މަޝްރޫއުތަކާއި ރައްޔިތުންނަށް ހުރި ދަތިތަކާއި ގުޅޭ ގޮތުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
27 Aug 2022
ޔާޔާ ނަބީލް މީސްމީޑިއާގައި ބަރަހަނާވާއިރު ފުލުހުން ހަނު!
މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އަނެއްކާވެސް މީސްމީޑިއާގައި ބަރަހަނާވެ، އަންހެން ހެދުން ލައިގެން ވީޑިއޯތައް އާއްމު ކުރަންފަށައިފިއެވެ.
27 Aug 2022
ބާކައުންސިލް މެންބަރު ސުވާލު އުފައްދައިފި
އިންޑިއާ އާއި ގުޅިގެން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ދިވެހިން ތަމްރީން ކުރުމަށް ނިންމި ނިންމުމުން، ރާއްޖޭގެ ޝަރުއީ ނިޒާމަށް ފައިދާވެދާނެ ގޮތަކާ މެދު ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަދި ބާ ކައުންސިލްގެ މެންބަރު އަހުމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.
27 Aug 2022
މަޑުއްވަރީގެ ބަނދަރު ހެދިގެންދާނީ މަޑުއްވަރީގެ ރައްޔިތުން ބޭނުންވާގޮތަށް: ރައީސް ޞާލިހު
މ. މަޑުއްވަރީގެ ބަނދަރު ހެދިގެންދާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއިއެކު ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މުލަކަތޮޅު މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
27 Aug 2022
ރައީސް މުލަކަތޮޅުގެ ފަސްރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފަށްޓަވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅުގެ ފަސްރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
26 Aug 2022
މަރު ކޮމިޝަނަށް އެޑްމިން އޮފިސަރެއް ހޯދަނީ
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުފެއްދެވި ކޮމިޝަނަށް ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރެެއް ހޯދުމަށް އިއުލާނު ކޮށްފި އެވެ.
26 Aug 2022
ރާޅާ ދެކޮޅަށް ފަތައި، އަމާޒަށް ތީރުޖަހަން ދަސް ކުރުމުން ނިރުބަވެރިކަމުގެ ދައުވާ!
ރާޅާ ދެކޮޅަށް ފަތާށާއި އަމާޒަށް ތީރު ޖަހަން ދަސްކުރި މީހެއްގެ މައްޗަށް ނިރުބަވެރިކަމުގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރިކަމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ
25 Aug 2022
މާލޭގައި އުޅަނދުތަކުން މުދާ އުފުލާ އަގު ބޮޑުކޮށްފި!
މާލޭ ސަރަހައްދުގައި މުދާ އުފުލާ އުޅަނދުތަކުގެ އަގުތައް ޓްރާންސްޕޯޓު މިނިސްޓްރީން ބޮޑުކޮށްފި އެވެ.
25 Aug 2022
ރިޔާސީ އިންތިޚާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް!
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް އިލެކްޝަން ކޮމިޝަނުން ކަނޑައަޅައިފިއެވެ.