ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަދި ބާ ކައުންސިލްގެ މެންބަރު އަހުމަދު މުއިއްޒު
ހަބަރު
27 Aug 2022 | 21:06
ޝަރުޢީ ދާއިރާ މުވައްޒަފުން އިންޑިއާއިން ތަމްރީނު ކުރުމުން ވާނެ ފައިދާއާއި މެދު ސުވާލު އުފައްދައިފި

އިންޑިއާ އާއި ގުޅިގެން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ދިވެހިން ތަމްރީން ކުރުމަށް ނިންމި ނިންމުމުން، ރާއްޖޭގެ ޝަރުއީ ނިޒާމަށް ފައިދާވެދާނެ ގޮތަކާ މެދު ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަދި ބާ ކައުންސިލްގެ މެންބަރު އަހުމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.

މުއިއްޒު މިފަދައިން ސުވާލު އުފެއްދެވީ، ރާއްޖޭގެ ޝަރުއީ ދާއިރާ ކުރިއެރުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު މެމަރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި ސޮއިކުރުމާއި ގުޅިގެން އޭގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ބުނެ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ، ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ދިވެހިން އިންޑިއާ އިން ތަމްރީނުކުރާތީ އެކަމުން ދިވެހިންނަށް ފައިދާވެދާނެ ގޮތަކާ މެދު ސުވާލު އުފައްދަވާފަ އެވެ. އަދި އިންޑިއާ އަކީ ޝަރުއީ ދާއިރާއިން ބަލާއިރު ދުނިޔޭގައި މާފާހަގަކުރެވޭ ގައުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އިންޑިއާއަކީ އެފިޝަންޓް ޖުޑިޝަރީއެއްގެ ގޮތުގައި މަޝްހޫރު ގައުމެއް ނޫން،" ކްރިމިނަލް ކޯޓްގެ އިސް ގާޒީ ކަން ވެސް ކުރެއްވެވި މުއިއްްޒު ވިދާޅުވި އެވެ.

2020 ވަނަ އަހަރުވެސް ދިވެހިރާއްޖޭގެ ފަނޑިޔާރުން ތަމްރީނުކުރުމުގެ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑެމީއާ ދެމެދުގައި އެމް.އޯ.ޔޫ އެއްގައި ސޮއި ކޮށްފައިވެއެވެ. އަދި މިފަހަރު މިސޮއި ކުރެވުނު އެމް.އޯ.ޔޫގެ ސަބަބުން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަށް ފަންނީ ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ޖޭއެސްސީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.