ރައީސް ޞާލިހު މ.މަޑުއްވަރީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Aug 2022 | 21:01
މަޑުއްވަރީގެ ބަނދަރު ހެދިގެންދާނީ މަޑުއްވަރީގެ ރައްޔިތުން ބޭނުންވާގޮތަށް: ރައީސް ޞާލިހު

މ. މަޑުއްވަރީގެ ބަނދަރު ހެދިގެންދާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއިއެކު ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މުލަކަތޮޅު މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު މަޑުއްވަރީ ބަނދަރު ސަރަޙައްދުގައެވެ.

މަޑުއްވަރީގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ކުރިން މަޑުއްވަރީ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމީޓީ އާއި ބައްދަލު ކުރެއްވި ކަމަށާއި، ކައުންސިލުންވެސް އެންމެ ބޮޑަށް ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި، ބަނދަރުގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލަ ހިމެނޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑުއްވަރީގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވާ ކަމަށާއި، ބަނދަރުގެ ކޮންސެޕްޓް ފައިނަލްވީހާ އަވަހަކަށް އަމަލީ މަސައްކަތްފެށިގެންދާނެ ކަމަށެވެ. ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަޑުއްވަރީގެ ބަނދަރުގެ މަސައްކަތް ނުފެށި އޮތީ އެރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޑިޒައިނާއި މެދު ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން އޮތުމުގެ ސަބަބުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަނދަރު ހެދުމަށް ޕްލޭނިންގ މިނިސްޓްރީން ހަދާފައިވާ ޑިޒައިނާއި ގުޅޭ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީގެ ޓީމެއް ވަޑައިގެން ރައްޔިތުންނާއި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ބަނދަރު ހަދާނީ ރައްޔިތުންނާއި މަޝްވަރާކުރެވި ރައްޔިތުން ނިންމާގޮތެއްގެ މަތީންކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީގެ ރައްޔިތުންނަށް ދެއްވާފައެވެ.

މަޑުއްވަރީގެ ޞިއްޙީ ޚިދުމަތާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިން ދެމުން އައި މޮބައިލް ލެބޯޓްރީގެ ޚިދުމަތްވެސް ވަރަށް އަވަހަށް އަލުންފެށިގެން ދާނެ ކަމަށެވެ. މީގެ އިތުރުން މަޑުއްވަރީގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެން ކުރިޔަށް ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ މަޑުއްވަރީގައި ހިނގަމުންދާ މަޝްރޫޢުތަކާއި އަދި ކުރިޔަށް ރޭވިފައި ހުރި މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރަައްވާ ދަތުރުފުޅުގައި ދެން ވަޑަައިގަންނަވާނީ މ. ދިއްގަރަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
19 Sep 2026
ބްރެންޓްފޯޑް އަތުން ބަލިވެ، ޗެލްސީއަށް އިތުރު ނުތަނަވަސްކަމެއް
މި ނަތީޖާގެ ސަބަބުން ޗެލްސީގެ ކޯޗް ޒަބީ އެލޮންސޯއަށް އިތުރު ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. މި ނަތީޖާއާއެކު ޗެލްސީ ވެފައިވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކޮޅަށް ވަން ޓީމަށެވެ. އެ ޓީމުން ކުޅުނު ފަސް މެޗުގައި 12 ލަނޑު ވަދެފައިވާއިރު، އެއްވެސް މެޗެއްގައި ކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވިފައެއް ނުވެއެވެ.
19 Sep 2026
ޕީއެންސީ މެންބަރުންގެ އަދަދު 80،000 އަށް އަރައިފި: ރައީސް
މިވަގުތު އެ ޕާޓީގައި 80,083 މެންބަރުން އެބަ ތިބި ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު 100,000 ގެންދިއުން ކަމަށެވެ.
19 Sep 2026
ބަންގްލަދޭޝްއަށް ފުރަންގޮސް ތިބި ހަ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ
ހުއްޓުވި ބަންގްލަދޭޝްގެ ހަ މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ވަނީ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
ތިލަފުށި ޕޯޓް ތަރައްޤީކުރާނީ ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ ތަނެއްގެ ގޮތުގައި
ރައީސް ވިދާޅުވީ ޤައުމުގެ ހަރުމުދާތައް ބޭރުގެ ފަރާތްތަކަށް ދީގެން ކަންކަން ކުރުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ
19 Sep 2026
ޓްރަމްޕްގެ އަމުރަށް ތިން މީޑިއާއެއް ވައިޓް ހައުސްއަށް ނުވެއްދުމަށް ނިންމައިފި
މިކަމާ ގުޅިގެން ސީއެންއެން އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ނެޓްވޯކުން ގެނެސްދެނީ އިންސާފުވެރި އަދި ސީދާ ޚަބަރު ކަމަށާއި ސަރުކާރުގެ ފަރާތުން ހުރަހެއް ނެތި ޚަބަރު ގެނެސްދިނުމުގެ ޙައްޤު އެމެރިކާގެ ޤާނޫނުއަސާސީން ލިބިދޭ ކަމަށެވެ. ޕޮލިޓިކޯ އިން ބުނެފައިވަނީ އިޞްލާޙީ ޙައްޤު ދިފާޢުކުރާނޭ ކަމަށެވެ
19 Sep 2026
ހުމާއި ރޯގާ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ބޭސް ބޭނުންކުރުމާ ގުޅޭ ގޮތުން އެޗްޕީއޭއިން ބުނެފައި ވަނީ ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށެވެ. ތިން ދުވަހަށް ވުރެ ގިނައިން ހުން ދެމިހުންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެދިފައިވެއެވެ
19 Sep 2026
ޣައްޒާގެ ކުދިންނަށް ދަތުރުކުރާ ސިނަމާގެ ޚިދުމަތް ފަށައިފި
ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ ކުދިންނަށް ނަފްސާނީ ލުޔެއް ހޯދައިދިނުމަށް "ލިޓްލް ވިންގްސް" ގެ ނަމުގައި މޯބައިލް ސިނަމާ މަޝްރޫޢެއް ފަށައި، 2026 ނިމުމުގެ ކުރިން ބައި މިލިއަނަށް ވުރެ ގިނަ ކުދިންނަށް ވާސިލުކުރުމަށް އަމާޒުހިފާފައެވެ