08 Oct 2025
މަހިބަދޫގައި ރައީސް؛ 67 ހެކްޓަރުގެ ބިން ހިއްކައި 50 އެނދުގެ ހޮސްޕިޓަލަކާއި 150 ހައުސިން ޔުނިޓް
ޞިއްޙީ ދާއިރާއިންވެސް 50 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް، 2026 ވަނަ އަހަރު ފައްޓަވައިދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
08 Oct 2025
ދިރާސީ އަހަރަށް ކުދީން ނިކުންނާނީ އޭސީ ކުލާސްރޫމްތަަކަށް: ރައީސް
"މިއަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގެ ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރާނެ. އެކަން ވަރަށް ރަނގަޅަށް އެޑިއުކޭޝަން މިނިސްޓްރީން އެބަ ގެންދަވާ. އިރާދަކުރެއްވިއްޔާ މި އަންނަ ދިރާސީ އަހަރަށް ކުދީން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ނިކުންނާނީ އޭސީ ކުރެވިފައި ހުރި ކުލާސްރޫމްތަކަށް ކިޔަވަން," ރައީސް ވިދާޅުވި އެވެ.
07 Oct 2025
އަތަފަރު ފަޅަކީ، ހަންޏާމީދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެކަމުގެ ޔަގީންކަން ރައީސް މިއަދު ވަނީ ދެއްވާފަ އެވެ.
07 Oct 2025
ހަޅުތާލު ހުއްޓާލުމަށް ފަހު ބަންދުގައި ތިބި މީހުން ކާން ފަށައިފި
ނަމަވެސް ފުލުހުން ދެންމެ ބުނީ އެ މީހުން މިހާރު ކާން ފަށާފައިވާ ކަމަށެވެ. ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލި ސަބަބެއް ނުބުނެ އެވެ.
07 Oct 2025
މަޖިލީހުގެ މި ދައުރަށް 27 ބިލެއް، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ބިލް ހިމެނޭ
އެމަނިކުފާނު ވިދާޅުވީ އެންމެ އިސް އެއް ސިޔާސަތަކީ ޚިޔާނާތާއި ވައްކަމަށް އޮތް މަގު ބަންދު ކުރުމެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
07 Oct 2025
ޕާސްޕޯޓް/އައިޑީކާޑު ހިދުމަތް ހުރިހާ އަތޮޅުން، ރިޔާސީ ވައުދު ފުއްދަވައިފި
އދ އަތޮޅުގައި އެ ހިދުމަތް ރަސްމީކޮށް ފަށާފަ އެވެ. އެ ގޮތުން އދ މަހިބަދޫގައި މިރޭ ވަނީ އައިޑީކާޑުގެ ހިދުމަތާއި ޕާސްޕޯޓްގެ ހިދުމަތް ފަށާފަ އެވެ. އެ ހިދުމަތް ފެށުމުގެ ގޮތުން ވަނީ އެ ރަށުގެ ރައްޔިތަކަށް ޕާސްޕޯޓް ދޫކޮށްފަ އެވެ.
07 Oct 2025
އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
ފުލުހުން ބުނީ އެކަން ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑުން މޮނިޓަރު ކުރަމުންދާ ކަމަށެވެ.
07 Oct 2025
53،000 ރުފިޔާ ހުރި ފޮއްޓެެއް، ގެއްލިގެން ރިޕޯޓްކުރިތާ 30 މިނެޓްތެރޭ ހޯދައިފި
މި މައްސަލަ ހޭންވޭރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ފޮށި ހޯދުމަށް ސީސީޓީވީ ކެމެރާ ފުޓޭޖްތައް ބަލައި، ކުރި މަސައްކަތުން މައްސަލަ ހުށަހެޅުނުތާ 30 މިނިޓެއް ހާއިރުތެރޭގައި ވަނީ އެ ފޮށި ހޯދާފަ އެވެ.