11 Sep 2025
ހަސަން ހުސައިން ހައްޔަރުކުރި ސަބަބު ސާފުކޮށްދީފި
ހުސައިން ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގަ އެވެ.
10 Sep 2025
މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ މާއްދާ ވެސް އުނިކުރަނީ
އެ ބިލްގެ 66 ވަނަ މާއްދާގެ (ޅ) ގައި ވަނީ ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ދީފަ އެވެ.
10 Sep 2025
މީޑިއާ ބިލަށް ސަރުކާރުން 13 އިސްލާހެއް: ވަކިވަކި ނޫސްވެރީންނަށް ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރަނީ
އަދި ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭ ގޮތަށް ބިލުގެ 17 ވަނަ މާއްދާ އާއި 19 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އިސްލާހުކުރުން ހިމެނެ އެވެ.
10 Sep 2025
ޕެންޝަން ލިބޭ މީހަކު ދައުލަތުގެ ވަޒީފާއަށް އައުމުން އިނާޔަތް މެދުކެނޑޭ ގޮތް ހަދަނީ
އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހު ކުރެވިގެންދާނެ ކަަމަށް ވިދާޅުވި އެވެ.
10 Sep 2025
އެސްޓީއޯ މެދުވެރިކޮށް މޭވާއާ ތަރުކާރީ އަދި މުގާއި އަލުވި، ބިސް އެތެރެކޮށް ވިއްކަން ފަށަން ކެބިނެޓުން ނިންމައިފި
ރައީސް ވިދާޅުވި ގޮތުގައި ކެބިނެޓްގެ މަޝްވަރާއާއެކު ނިންމާފައިވަނީ ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށެވެ.
10 Sep 2025
އަދުލުވެރިކަން ނުގެނެވިއްޖެނަމަ، އިތުރު ޤައުމުތަކުން އިހުތިޖާޖުކުރުންތައް ފެނިދާނެ: ނަޝީދު
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުތައް ހަމަނުޖެހުމާ ހިސާބަށް ދިއުމުގެ އަސްލުތަކުގެ ތެރޭގައި ހިމެނެނީ ވެރިކަން ގޯސްކޮށް ހިންގުމާއި، ކޮރަޕްޝަނުގެ އިތުރުން ދަރަނި ކަމަށެވެ
10 Sep 2025
އެސްޓީއޯއިން ހެޔޮއަގުގައި އޮރެންޖު ވިއްކަން ފަށައިފި
10 Sep 2025
އަލީބާބާގައި ދިވެހިންގެ އުފެއްދުންތައް ވިއްކުމަށް ފުރުސަތު ފަހިވަނީ