03 May 2025
ޝަހީމް އަދާލަތާއި ގުޅިވަޑައިގަތުން، ރައީސް ވިދާޅުވީ ގޮތް ނިންމާނީ މަޝްވަރާގެ ފަހުން ކަމަށް
ޝަހީމް, އަދާލަތާއި ގުޅިވަޑައިގަތުމުން އެ ޕާޓީގެ ވަރަށް ގިނަ މެންބަރުންނާއި އިސްވެރީން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
03 May 2025
ވެރިކަމަށް 533 ދުވަސް: އާރަށަށް ވަޑައިގަތީ 116 ފަހަރު، 85 ފަހަރު ވަޑައިގަތީ ފުޓްބޯޅަ ކުޅެން
ނޮވެންބަރު 17, 2023 ގައި ފެށުނު ރައީސް މުއިއްޒުގެ ވެރިކަމަށް މިއަދަަށް 533 ދުވަސްވީ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި މުއްދަތުގައި އެމަނިކުފާނު އާ ރަށަށް ވަޑައިގެންނެވީ 116 ފަހަރު އެވެ.
03 May 2025
ރައީސްގެ އިންޒާރެއް: ވައްކަމަށް ފުރުސަތެއް ނުދޭނަން، ހަނދާން ނައްތާލާ
"ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދޭނަން އަޅުގަނޑު އެއްވެސް ތާކު. އެކަން ކުރަން ބޭނުންވާ މީހަކު މި ސަރުކާރުުގެ ތެރެއިން އެކަން ހަނދާން ނައްތާލަން ޖެހޭނީ. ނުކުރެވޭނެ އަޅުގަނޑު މި ދަންނަވަނީ,"
03 May 2025
އަބްދުއްރަހީމާއި މައްސަލައެއް ނެތް، އަޅުގަނޑުމެން މިއީ ރަހްމަތްތެރީން: ރައީސް
"އަބްދުއްރަހީމާއި އަޅުގަނޑަކާ އެއްވެސް މައްސަލައެއް ނެތް. އަބްދުއްރަހީމަކީ އަޅުގަނޑާއި އޭރުވެސް މިހާރުވެސް ރަހްމަތްތެރި ދެ މީހުން," ރައީސް ވިދާޅުވި އެވެ.
03 May 2025
ރައީސްގެ ސާދާ ޖަވާބެެއް: ދިމްޔާތުން އެކި ކުލަކުލައިގެ ދަބަސްތައް ނެރޭނެ
ދިމްޔާތަކީ ރައީސް މުއިއްޒުގެ ގެކޮޅެވެ. އެއީ މާލޭގައި ހުރި އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އިމާރާތެކެވެ.
03 May 2025
77 ބޭހެއް، %15 ފައިދާ ލައިގެން ވިއްކޭ ގޮތް ހަދައިފި
ރާއްޖެއަށް ބޭސް އެތެރެކުރާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް ނިންމަވާ، އަގު ކޮންޓްރޯލްކުރި 77 ބޭހަކުން %15 ފައިދާ ލައިގެން ވިއްކޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
03 May 2025
އެސްޓީއޯއަށް ލިބެންޖެހޭ ފައިސާ 6 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ!
03 May 2025
ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް 418 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ