މަހާޒް އަދި އުޝާމް --
ހަބަރު
21 Jul 2025 | 20:42
ފަނޑިޔާރުންނަށް މި ވަރަށް ނުފޫޒު ފޯރުވި އޭޖީއެއް ނުދެކެން: މަހާޒް

ދެހާސް އަށްވަނަ އަހަރުގެ ފަހުން މިހާރުގެ ބަންޑާރަ ނާއިބު އަހްމަދު އުޝާމް ފަދައިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ބަންޑާރަ ނާއިބެއް ނެތް ކަަމަށް ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ވެރިކަމަށް އައިސް މަގާމުން ދުރުކުރި މަހާޒް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު, ޝަރަފުވެރިކަމާއެެކު ވަކިވެވަޑައިގެންނެވުމާއި ގުޅިގެން އުޝާމް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވާ މަހާޒް ވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އުޝާމް މަަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އެ ޕޯސްޓްގައި މަހާޒް ވަނީ އެ ދެ ބޭފުޅުން ވާހަކަ ދެއްކެވި މެސެޖްތަކެއް ހިމެނޭ ސްކްރީންޝޮޓެއް އާންމު ކުރައްވާފަ އެވެ. އެ ސްކްރީންޝޮޓްގައި ދެ ބޭފުޅުން ކޯލެއް ކުރައްވާފައިވާ ކަން އެނގެ އެވެ.

މަހާޒް ވިދާޅުވި ގޮތުގައި މި 8 މިނެޓްގެ ފޯނު ކޯލަކީ 10 ފެބްރުއަރީ 2025 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށާއި 25 އޮކްޓޯބަރ 2022 ގައި ހިނގާ އޮތް ހާދިސާއެއްގެ މައްސަލަ ވެސް ޖޭއެސްސީން ނުބަލާނެ ކަމުގައި ވަކީލެއް މެދުވެރިކޮށް ބަންޑާރަ ނާއިބު ގުޅުވި ގުޅުވުމެއް ކަމަށެވެ.

ބަންޑާރަ ނާއިބުގެ އެ މެސެޖު ސާފުވި ކަމަށާއި، 2022 ގެ ވާހަކަ މިހާރު ދައްކާނީ ކީއްވެގެންކަން އެނގޭ ކަމުގަ އެ ވަކީލު ގާތުގަ ބުނިން ކަމަށްވެސް މަހާޒް ވިދާޅުވި އެވެ.

މަހާޒް ވިދާޅުވި ގޮތުގައި 2008 ގެ ފަހުން ފަނޑިޔާރުންނަށް މި ވަރަށް ނުފޫޒު ފޯރުވި ބަންޑާރަނާއިބަކު ދެކެވަޑައިނުގަންނަވަ އެވެ.

ކުރީގެ ބައެއް ފަނޑިޔާރުންނާއި ބައެއް ވަަކީލުންނާއި އިދިކޮޅު ސިޔާސީ ވެރީން ވެސް ގެންދަވަނީ އުޝާމް, ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް އެ ތުހުމަތު އުޝާމް ދޮގު ކުރައްވަ އެވެ.

ކޮމެންޓް
އިއްބެ
މިއޭޖީގެ ސިފަތަކަށް މަހާޒުރަނގަޅަށްބައްލައްވާލައްވާ އޭރުންއެކަންއެނގޭނެ
21 Jul 2025
ދޮންދުބުރިމާ
މަގާމުގައި ދެމިހުންނެވި އިރު ހާމަނުކުރެވުނު އެއްޗެއް މިހާރު ހާމަކުރަމުން ދިއުމަކީ ނަޒާހާތްތެރިކަން ގެއްލި ދިއުން
22 Jul 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.