03 Jun 2025
މިނިވަން 60 ގެ ލޯގޯ ފަރުމާ ކޮށްގެން 30،000 ރުފިޔާ ހޯދުމުގެ ފުރުސަތު
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފާހަގަކުރުމަށް މި އަހަރު އާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އެ ގޮތުން އެންމެ މޮޅު ލޯގޯ ފަރުމާކުރާ ފަރާތަކަށް -/30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.