02 May 2025
ޒުވާނުން މުޒާހަރާކުރީ ސުލްޙަވެރިކަމާއެކު ގާނޫނީ އިމުގެތެރޭގައި
މާލޭ ހެންވޭރުގައި ހުރި ގުދަނެއްގެ މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާއި ގުޅިގެން، އެ އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބުނެ، ސިލްސިލާކޮށް ޒުވާނުން ކުރަމުންދިޔަ މުޒާހަރާ، ފުލުހުން ރޫޅާލުން އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
02 May 2025
މިހުރީ އިހްތިޖާޖުކުރާ ޒުވާނުންނާއެކު؛ މުޒާހަރާ ރޫޅާލުން ކުށްވެރި ކުރަން
ގުދަނެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން ސިލްސިލާކޮށް ކުރިއަށް ގެންދާ އިހްތިޖާޖު ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާތީ އެކަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުށްވެރިކުރައްވައިފިއެވެ.
02 May 2025
ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް: ރައީސް
ކާބަފަައި ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
02 May 2025
މަހުޒޫމަށް ފުލުހަކަށް ހަމަލާދޭން އުޅުމުގެ ތުހުމަތު، ޝިމަން އަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތު
އެ ދެ މީހުން ހައްޔަރު ކުރި ސަބަބު ވެސް ބުނެފައިވެ އެވެ.
02 May 2025
ފަސް ކުއްޖެއްގެ ގައިން ނުރައްކާތެރި އިންފެކްޝަން ފެނިއްޖެ، ފަރުވާއަށް ބޭރަށް
ހޮސްޕިޓަލުން ބުނީ މި ކުދީންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދީން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.
02 May 2025
ޒުވާނުންގެ މުޒާހަރާ ރޫޅާލި ސަބަބު ފުލުހުން ހާމަކޮށްފި
މި ފިޔަވަޅު އަޅާފައިވަނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
02 May 2025
މުޒާހަރާ ހޫނުވެއްޖެ، ދެ މީހަކު ހައްޔަރު ކޮށްފި
އެއީ މުޒާހަރާ ރޭވުމުގައި އިސްކޮށް އުޅޭ ދެ މީހުން ކަމަށް ވެ އެވެ.
01 May 2025
މޫސަގެ ފާޑުކިޔުން އެމްޑީޕީގެ ވެރީންނަށް، ފެނުނީ އިދިކޮޅުގެ ޒިންމާ އަދާ ނުކުރެވުނުތަން
“ހިތާމައާއެކީ ދަންނަވަން ޖެހެނީ 2025 ވަަނަ އަހަރާ ހަމައަށް އެމްޑީޕީ އަައިއިރުގަ އެމްޑީޕީގެ ހުރިހާ ހަރަކާތްތަކެއް ހުއްޓި އަދި ހާއްސަކޮށް މޭޑޭ ރެލީއާ ހަމައަށް އައިއިރު މޭޑޭ ރެލީގެ އެއްވެސް ކަމެއް ކުރާތަން ނުފެނި މިދަނީ،”