އެމްއެމްއޭ
ހަބަރު
22 Jul 2025 | 10:49
ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރުމަށް އެމްއެމްއޭއިން ނިންމައިފި

ބޭންކްތަކުން ވިޔަފާރިވެރިންނަށް މިހާރު ދޫކުރަމުން އަންނަ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އެމްއެމްއޭއިން މިއަދު ބުނީ، އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޔޫއެސް ޑޮލަރުގެ އިންސައްތަ %10 ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ.

އެމްއެމްއޭއިން ވަނީ މި ހަފްތާއިން ފެށިގެން މި ބަދަލު ގެނައުމަށް ނިންމާފައެވެ. މި ބަދަލާ ގުޅިގެން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު %40 އަށް އިތުރުކުރުމަށް މަގުފަހިވެގެން ދާނޭކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.

މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ %60 އިން %90 އަށް ވަނީ މަތިކޮށްފައެވެ. ނަމަވެސް އެމްއެމްއޭއިން ހަމާކުރާ ގޮތުގައި، ބޭންކުތަކުން އިތުރަށް މާރުކުރާ މި %30 އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ، ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުންކަމުގައި އެމްއެމްއޭއިން ހާމަކުރެއެވެ.

އެމްއެމްއޭއިން އިން ބުނީ ބޭންކުތަކަށް އަނބުރާ ދެވޭ 30 އިންސައްތަ ބޭނުންކުރަނީ ވަކި ކަންކަމެއްގައިކަމަށެވެ. އެގޮތުން، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރެވެއެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެއެވެ.

ފޮރިން އެކްސްޖޭންޗް ޤާނޫނަށް ގެނައި ބަދަލާއެކު ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު %30 ޖެހިލާފައިވާއިރު އަމާޒަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު %50 އިންސައްތައަށް އިތުރުކުރުންކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.