ހަބަރު
22 Feb 2025
އޭޕްރީލް ތެރޭގައި ރާއްޖެއަށް ފުރަތަމަ ސޯލާ ފެރީ އެތެރެކުރާނެ: ނަވަލްޓްއާ
އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ރާއްޖެއަށް ފުރަތަމަ ސޯލާ ފެރީ އެތެރެކުރާނެ ކަމަށް އިންޑިއާގެ ނަވަލްްޓް ކުންފުނިން ބުނެފިއެވެ.
22 Feb 2025
މަސްދަޅު ދޫކުރުން ރޭގަނޑަށް ބަދަލުކޮށްފި
ބަރަކާތްތެރި ރަމަޟާންމަހާ ގުޅިގެން ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމި މަސްދަޅުކޭސް ބެހުމުގެ ކަންކަން ރޭގަނޑު ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
21 Feb 2025
1.8 މެގަވޯޓުގެ ޖެންސެޓް އިންސްޓޯލްކޮށް އައްޑޫއަށް ކަރަންޓު ޔަގީންކޮށްދީފި
1.8 މެގަވޯޓުގެ ޖެންސެޓް އިންސްޓޯލްކޮށް، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓް ޔަޤީންކޮށްދީފިއެވެ.
21 Feb 2025
މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފި
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ ފޭސް ދޭއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
21 Feb 2025
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފި
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭނެއްގައި ހުޅުމާލޭގައި ހުރި ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
21 Feb 2025
ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިނަށް 3,651 ފޯނު ކޯލް
ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިން ނަންބަރު 1677 އިން މިހާތަނަށް 3,651 ފޯނު ކޯލަށް ޖަވާބުދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.
21 Feb 2025
ރޯދައަށް ހުޅުމާލެ ސާފުކުރުމަށް "ރޯދަ ސާފު" ޕްރޮގުރާމު މިއަހަރުވެސް ފަށައިފި
ރޯދަ މަހާ ދިމާކޮށް ހުޅުމާލެ ސާފު ކުރުމަށް އެޗްޑީސީން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "ރޯދަ ސާފު" ޕްރޮގުރާމު މިއަހަރުވެސް ފަށައިފިއެވެ.
21 Feb 2025
ޓިކްޓޮކް ބަދީޢު އަށް އާރުޑީސީން ވަޒީފާ ދީފި
ޓިކްޓޮކްގައި ވީޑިއޯ ހަދައި މީހުންގެ މަގުބޫލުކަން ހޯދާފައިވާ ބަދީޢުއަށް ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އާރުޑީސީން) ވަޒީފާ ހަމަޖައްސައިދީފިއެވެ. ބަދީޢުއަށް އާރްޑީސީން ވަޒީފާ ހަމަޖައްސައިދީފައިވަނީ އިއްޔެއެވެ.