12 Sep 2024
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތުގެ ދަށަށް ބަދަލުކޮށްފި
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހަމަޖައްސަވައިފިއެވެ.
12 Sep 2024
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އުވައިލައްވައިފި
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އުވައިލައްވައިފިއެވެ.
12 Sep 2024
ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ހުޅުވާލައިފި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިރިއުޅުމުގެ ބޭނުމަށް އިތުރު ބިން ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލައިފިއެވެ.
12 Sep 2024
ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމުން ދަރިވަރުންނަށް ބައިސްކަލެއް ދީފި
މަސްޖިދުއް ތަޢާވުން އަށް ޖެހިޖެހިގެން 40 ދުވަސް ވަންދެން ޖަމާއަތަށް ފަތިސްނަމާދަށް ހާޒިރުވި 38 ކުއްޖަކަށް ބައިކަލް ދީފިއެވެ.
12 Sep 2024
އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ، ފޭރެން އުޅެފި
އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ، ގެއަކަށް ގެންގޮސް ބިރު ދައްކައި، ފޭރެން އުޅެފިއެވެ.
12 Sep 2024
ބަލިމީހަކަށް އާސަންދަ ކަނޑާލިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް
އާސަންދައިގެ ދަށުން ބެންގަލޫރުގެ އެސްޓަރ ސީ.އެމް.އައި އިން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ ކަނޑާލިކަމަށް ދައުރުވަމުންދާ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އާސަންދައިން ބުނެފިއެވެ.
12 Sep 2024
ދުވާފަރު ނެރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ވަޒީރު
ރ.ދުވާފަރު ނެރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
12 Sep 2024
ތަހްލީލަށްފަހު ޒަކިއްޔާގެ ހަށިގަނޑެ އަނބުރާ ހޮޅުދޫއަށް ގެންގޮސްފި
ނ. ހޮޅުދޫގައި ޒަހަމްތަކަކާއި އެކީ ނިޔާވެފައި އޮއްވާ މިމަހު 10 ވަނަ ދުވަހު ފެނުނު އެރަށު މާރަނގަ، ޒަކިއްޔާ މޫސާ މަނިކުގެ ހަށިގަނޑު މާލެ ގެނެސް ޓެސްޓުތައް ހެދުމަށްފަހު، އޭނާގެ ހަށިގަނޑު އަނބުރާ އެރަށަށް ގެންގޮސްފިއެވެ.