ހަބަރު
07 Sep 2024
ފުލުހުންގެ އުޅަނދުތައް ދައްކާލުމަށް ހަރަކާތެއް މިއަދު ހުޅުމާލޭގައި!
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން، ފުލުހުން ބޭނުންކުރާ އުޅަނދުތައް ދައްކާލުމުގެ ހާއްސަ ހަރަކާތެއް މިއަދު ހުޅުމާލޭގައި ކުރިއަށްދާނެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
07 Sep 2024
ރައީސްގެ އެންގެވުންތައް ފުލުހުން ތަންފީޒުކުރައްވާނެ: އިހްސާން
ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެންގެވި އެންގެވުންތައް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
07 Sep 2024
ކިލޯއެއްހާ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކިލޯއެއްގެ މަސްތުވާތަކެއްަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
07 Sep 2024
ހުޅުމާލެ ފޭސް 2 ގައި ސައިކަލަކާއި ކާރެއް ޖެހި ސައިކަލްދުއްވި މީހާއަށް ސީރިއަސް އަނިޔާތަކެއް
ހުޅުމާލެ ފޭސް 2 ގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ސައިކަލު ދުއްވި ފަރާތަށް ބޮޑެތި އަނިޔާތަކެއްވެއްޖެއެވެ.
06 Sep 2024
ރޭސިންގ އަދި ޑްރިފްޓިންގ އަށް ދީފައިވާ ހުއްދަ ބާތިލްކޮށްފި
ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ހުއްޓުވައި، އުޅަނދުގެ ވެރިފަރާތުގެ ލައިސެންސާއި، އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއެކު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
06 Sep 2024
މައްސަލައަކީ ސްޕޯޓްސް ކާރެއް ނޫން؛ ކުށްކުރާ މީހުން ދޫވެފައި ތިބުން
ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަންމެދުވެރިވާ ސަބަބަކީ ރޭސް ކާރު ނޫން ކަމަށާ އެހެނެއް ކަމަކު އެފަދަ އެކްސިޑެންޓް ހިނގަނީ ކުށްތައް ކުރާ މީހުންނަށް އަދަބު ނުދެވި ދޫކޮށްލާފައި ތިބޭތީ ކަމަށް ބުނެ ޑްރިފްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
06 Sep 2024
ކޮޓަރިއަށް ދައުވަތުދީ، ދިއުމުން ކޭޝްކާޑާއި 53،000 ރުފިޔާ ފޭރިގަނެފި
އައި.ޖީ.އެމް.އެޗް ކައިރިން ފިރިހެނަކު ހުއްޓުވާ، އޭނާ ކޮޓަރިއަކަށް ގެންގޮސް ފޭރިގަތުމުގެ މައްސަލައެއްގައި 27 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
06 Sep 2024
މިރެއަކީ ސެޓަން ޕްލެނެޓް ވަރަށް ރީތިކޮށް ފެންނާނެ ރެޔެއް!
މިރެޔަކީ އިރުގެ ޢާއިލާގެ ދެވަނައަށް އެންމެ ބޮޑު ޕްލެނެޓް ޒުޙަލް (ސެޓަން) ވަރަށް ރީތިކޮށް ފެންނާނެ ރެޔެއް ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.