07 Sep 2024
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގެ ޝަރީޢަތް މާދަމާ ފަށަނީ
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގެ ޝަރީޢަތް މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. މި މައްސަލައިގައި ދަޢުވާ އުފުލިފައިވާ ހަތް މީހުންގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް މެންދުރުފަހު 2:30 ގައެވެ.
07 Sep 2024
ބައި-އިލެކްޝަންގައި އެމްޑީޕީ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ޝާހިދު މާރަންދުއަށް
ހއ. މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބޭއްވޭ ބައި-އި-އިލެކްޝަންގައި އެމްޑީޕީން ކުރިމަތިލައްވާފައިވާ ޝިހާމް މުޙައްމަދުގެ ކެމްޕޭނަށް އެހީތެރިވެދެއްވުމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު މާރަންދޫއަށް ވަޑައިގެންފިއެވެ.
07 Sep 2024
ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް، އަނިޔާވި މީހުންނަށް ފަރުވާދެނީ
ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައި އަނިޔާވި މީހުންނަށް ފަރުވާދޭން ފަށައިފިއެވެ.
07 Sep 2024
ރައީސްގެ ގައުމީ އެޖެންޑާގެ އެންމެބޮޑު އެއް އަމާޒަކީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުން: ނައިބު ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ އެޖެންޑާގެ އެންމެބޮޑު އެއް އަމާޒަކީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުން ކަމުގައި ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
07 Sep 2024
ދަނގެތީ ”ފިޔުޗަރ އިމާމް“ މުބާރާތުގެ ވަނަވަނައަށް އައި ދަރިވަރުން ހޮވައިފި!
މުސްތަގުބަލުގެ އިމާމުން އުފެއްދުމަށް “ފިޔުޗަރ އިމާމް 1446” ނަމުގައި އދ. ދަނގެތީގައި ބޭއްވި މުބާރާތުގެ ވަނަވަނަ އަށް އައި ދަރިވަރުން ހޮވައިފިއެވެ.
07 Sep 2024
ކްރެޑިޓްކާޑުން މިދިޔަ އަހަރު ކުރި ވިޔަފާރި 1.25 ބިލިއަން ރުފިޔާގައި
ރާއްޖޭގައި ބޭނުންކުރާ ފައިސާ ކާޑުތަކުގެ ތެރެއިން ކްރެޑިޓް ކާޑަކީ ބޭންކުތަކުން ހިދުމަތް ހޯދާ ކަސްޓަމަރުން މިހާރު ތިންވަނައަށް އެންމެގިނައިން ބޭނުންކުރާ ކާޑެވެ.
07 Sep 2024
އިންޑިއާއިން 300 މެޓުރިކް ޓަނުގެ ކާގޯ ހިފައިގެން ބޯޓެއް ހިތަދޫ ޕޯޓަށް
އިންޑިއާއިން 300 މެޓުރިކް ޓަނުގެ ކާގޯ ހިފައިގެން ބޯޓެއް އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ޕޯޓަށް ދަތުރުކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
07 Sep 2024
ވީޑިއޯ އިން ފެންނަނީ ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތަކެއް ގެންދާ މަންޒަރު
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ ގަވާއިދުގެ ދަށުން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތަކެއް ގެންދާ މަންޒަރުކަމަށް ފުލުހުން ބުނެފިއެވެ.