މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބޭއްވި މިއަދުގެ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ/މަޖިލީހުގެ އިދާރާ
ހަބަރު
03 Dec 2024 | 14:50
ތައިލެންޑްގައި ހުންނަ ސަފީރަކަށް، ފުއާދު އައްޔަނުކުރުމަށް ކޮމިޓީން ރުހުންދީފި

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމަށް އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް އައްޔަނުކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ހާރިޖީ ކޮމިޓީން މިގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ އިއްތިފާގުންނެވެ. މި ބައްދަލުވުމުގައި ފުއާދު އެ މަގާމަށް އައްޔަނުކުރުމަށް 9 މެމްބަރުން ވަނީ އޭނާގެ ޝަރުތު ހަމަވާކަމަށް ނިންމައި ވޯޓުދެއްވާފައެވެ. ތައިލެންޑުގައި ހުންނަވާ ސަފީރަކަށް ފުއާދު އައްޔަނުކުރުމަށް ނަން ހުށަހަޅާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

ފުއާދު ތައުފީގު އެންމެފަހުން ހުންނެވީ އިެކްޝަން ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައެވެ. ފުއާދު ވަނީ އެ މަގާމު ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ. 

ފުއާދު ތައުފީގް

ފުއާދު ތައުފީގް އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ހުންނެވީ، 2008 ވަނަ އަހަރެވެ. އޭރުއެއީ ރާއްޖެއަށް ސިޔާސީޕާޓީތައް ތައާރަފްވެ، އެންމެފުރަތަމަ ގިނަ ޕާޓީތަކެއް ބައިވެރިވެގެން އިންތިހާބު ބޭއްވި އަހަރެވެ. އެއަށްފަހު ދެން އިެލކްޝަނުގެ މެމްބަރުކަމަށް ފުއާދު ވަޑައިގެންނެވީ 2019 ވަނަ އަހަރެވެ. ފުއާދު ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް އައްޔަނުކުރެވުނީ، 2021 ވަނަ އަހަރު އޭރު ކޮމިޝަނުގެ ރައީސަކަށް ހުންނެވި އަހުމަދުޔ ޝަރީފް މަގާމުން އިސްތިއުފާދިނުމުންނެވެ.

ފުއާދު ތައުފީގަކީ އިލެކްޝަންސް ކޮމިޝަނުގައި އެންމެ ގިނަދުވަސްވަންދެން މަސައްކަތްކުރައްވައި އެ ދާއިރާގައި ހުރި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ބޭފުޅާއެވެ. ގިނަބައެއްގެ މަގުބޫލުކަން ލިބިވަޑައިެގންފައިވާ ފުއާދު ތައުފީގަކީ ތަފާސްހިސާބުގެ އިލްމުން ރާއްޖޭގައި އެންމެ ފުންނާބުއުސް އެއް އިލްމުވެރިޔާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ