03 Jun 2024
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމި ނިންމުމަށް ރައީސް މައުމޫންވެސް ތަޢުރީފް ކުރައްވައިފި
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތަޢުރީފް ކުރައްވައިފިއެވެ. ސަރުކާރުގެ މި ނިންމުމަށް ތަޢުރީފް ކުރައްވާ މައުމޫން ވަނީ، އެކްސްގައި ޕޯސްޓެއް ކުރައްވާ، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ ނާދެވޭގޮތަށް ނިންމި ނިންމުން، އެހެން ދިވެހިންނެކޭ އެއްގޮތަށް އެމަނިކުފާނު ވެސް ބަލައިގަންނަ ކަމެއް ކަމަށް ވިދާޅުވެފައެވެ.