ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
13 Nov 2023
ޚާރިޖީ ސިޔާސަތު ބައްޓަންކުރީ ރާއްޖޭގެ މަސްލަހަތު ރައްކާތެރިކުރަން
މިދިޔަ ފަސް އަހަރުގެ ތެރޭގައި ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
12 Nov 2023
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެ ބޭފުޅަކަށް އަރުވަނީ
ރާއްޖޭގެ ޚާރިޖީ ދާއިރާގައި ވަރަށްދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
11 Nov 2023
މިއީ އަމާންކަމާއެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރެއް ނޫން!
1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު ކަމުގައި ކަމަށާއި މިއީ ރާއްޖޭގައި އަލަށް އަމާންކަމާއި އެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
11 Nov 2023
ޝަރުޢީ ދާއިރާއާއި ފުލުހުން ސިޔާސީ ނުފޫޒުން އެއްކިބާ ކުރެވުނު
ޝަރުޢީ ދާއިރާއާއި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ، ދިވެހި ޤައުމަށް ކޮންމެހެން ބޭނުންކަމެއް ކަމަށާއި އެ ފުރުސަތު މި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ލިބިގެން ދިޔަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
11 Nov 2023
ގެނެވުނު އިޤުތިޞާދީ ހެޔޮ ބަދަލު ތަކުން އާމްދަނީ ދެގުނަ ކުރެވޭނެ
މިދައުރުގެ ތެރޭގައި ގެނެވުނު އިޤުތިޞާދީ ހެޔޮ ބަދަލު ތަކަކީ، ދައުލަތުގެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމެއް ކަމުގައި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
11 Nov 2023
ޚާރިޖީ ގުޅުންތައް އެންމެ ބޮޑަށް ބަދަހި ކުރެވުނީ މި ފާއިތުވި ފަސް އަހަރު: ރައީސް ޞާލިޙް
ރާއްޖެއާއި ދުނިޔޭގެ އެކި ޤައުމުތަކާއި ދެމެދު އޮންނަ ޚާރިޖީ ގުޅުން އެންމެ ބޮޑަށް ބަދަހިވެފައިވަނީ މި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
11 Nov 2023
މިއީ އަމާންކަމާ އޮމާންކަމާއެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު: ރައީސް ޞާލިހު
ދިވެހިރާއްޖެގެ ވެރިކަމުުގެ ނިޒާމުގެ ތެރެއަށްސިޔާސީ ނިޒާމު ތައާރަފުވި ފަހުން މިއީ، އަމާންކަމާ އޮމާންކަމާއެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
11 Nov 2023
ރަށްރަށުގެ ބިން އިތުރުކުރުމަށް އިސްކަންދިނިން: ރައީސް ޞާލިހް
ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށް މިދައުރުގެ ތެރޭގައި އިސްކަންދިން އެއްކަމަކީ، ރަށްރަށުގެ ބިން އިތުރުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.