ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
15 Dec 2024
އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް ލޮނުބޯ، ބޭނުންކުރެވޭނެގޮތް ހަދައިދޭން އެދިއްޖެ!
އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް މަގުފަހިވާނެ ގޮތަކަށް، އެ އަތޮޅުގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ފަޅުރަށް، އދ ލޮނުބޯ، ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އެދިއްޖެއެވެ.
15 Dec 2024
އާއިލާތަކުން އެދުނު ގޮތަށް މިހާރު ވޭޕަކީ މަނާ އެއްޗެއް: ރައީސް މުޢިއްޒު
ވޭޕްގެ ވިޔަފާރި ކުރަމުން އައި ފަރާތްތަކުން އެކަން ކުރީ ހުއްދަ ހޯދައިގެން ކަމަށް ވިޔަސް، ގައުމުގެ ދަރިން އެ ވަބާއިން ސަލާމަތް ކުރަން އާއިލާ ތަކުން އެދެމުން ދިޔަ ކަމަށާ، އެ އެދުމާއެއްގޮތަށް، މިއަދުން ފެށިގެން އެއީ މަނާ އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
15 Dec 2024
އަންނަ އަހަރު ނިމުމުގެ ކުރީން، ނުދެވި ހުރި ހުރިހާ ރަށަކަށް ދާނަން
ރާއްޖޭގެ ރަށްތަކުގެ ތެރެއިން، ރަސްމީކޮށް އެރަށްތަކަށް ނުދެވި ހުރި ހުރިހާ ރަށަކަށް އަންނަ އަހަރު ނިމުމުގެ ކުރިން ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
15 Dec 2024
މަހިބަދޫގައި ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނަން
ކުރިއަށް އޮތް 2025 ވަނަ އަހަރުގެ ތެރޭގައި އދ. މަހިބަދޫ ގައި، 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
14 Dec 2024
ކުރިއަށްއޮތް ރަމަޟާންމަހުން ފެށިގެން ޑަބްލިއުޑީސީގެ މެމްބަރުންނަށް ރޯދަ އިނާޔާތް ލިބިގެންދާނެ: ރައީސް ޑރ.މުއިއްޒު
ކުރިއަށްއޮތް ރަމަޟާންމަހުން ފެށިގެން ޑަބްލިއުޑީސީގެ މެމްބަރުންނަށް ރޯދަ އިނާޔާތް ލިބިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
14 Dec 2024
ބޭރުފައިސާ މާރުކުރުމާ ބެހޭ ބިލް، ރައީސް ތަސްދީގު ކުރައްވައިފި
ބޭރުފައިސާ މާރުކުރުމާ ބެހޭ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
14 Dec 2024
ރައީސް ޑރ.މުއިއްޒު އަރިއަތޮޅަށް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
14 Dec 2024
ވުޒާރާތަކުން ހިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި
މިދިޔަ ބުރާސްފަތިދުވަހު ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ދަރުބާރުގެއަށް ބަދަލުކުރި ވުޒާރާތަކުން ހިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސް ޑރ.މުއިއްޒު ބައްލަވާލައްވައިފިއެވެ.