ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
24 Nov 2024
މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަކީ، އެންމެ އިސްކަންދޭ އެއްކަންތައް: ރައީސް ޑރ.މުއިއްޒު
މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ރާއްޖެ ސަލާމަތްކުރުމަކީ، އެންމެ އިސްކަންދޭ އެއްކަންތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
24 Nov 2024
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ.މުޢިއްޒަށް ދެނީ
ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީ އެއް ނުބާއްވާނެ ކަމަށާއި, އެ އަހަރު ވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެގެންދާނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
23 Nov 2024
ވެރިކަން ކުރުމުގެ ޝައުގެއްނެތް. ބޭނުންވަނީ ޑރ.މުއިއްޒު، ދެވަނަ ދައުރަކަށް ހޮވަން: ޢަބްދުއްރަޙީމް
ދިވެހިރާއްޖޭގެ ވެރިކަން ކުރުމުގެ ވިސްނުމެއް ދުވަހަކުވެސް ނުގެންގުޅޭ ކަމަށާއި، އަދި އެއީ ކުރިއަށްއޮތްތަނުގައި ދުވަހަކުވެސް ގެންގުޅޭނޭ ވިސްނުމެއް ނޫންކަމަށް ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
22 Nov 2024
ލުބުނާނުގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލުބްނާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
22 Nov 2024
ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަށް ރައީސް މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެ
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)އިން ނެރުނު އަމުރަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
21 Nov 2024
ސަރަހައްދީ އިންތައް ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތަށް ސާބަސްދެން
ރާއްޖޭގެ ސަރަހައްދީ އިންތައް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ސާބަސްދެއްވައިފިއެވެ.
21 Nov 2024
ގެނެވުނީ ޤައުމުގެ މިނިވަންކަމަށް ވަރަށް މުހިންމު އިޞްލާޙުތަކެއް: ރައީސް
ރައްޔިތުން މަޖިލީހުން ފާސްކޮށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތަކަކީ، ރައްޔިތުންނަށާއި، ޤައުމަށް ވަރަށް މުހިންމު އިޞްލާޙުތަކެއްކަމަށާއި، މި އިޞްލާޙުތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
21 Nov 2024
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ.މުއިއްޒު އިނގިރޭސިވިލާތަށް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިނގިރޭސިވިލާތަށް މިރޭގެ ވަގުތެއްގައި ފުރާވަޑައިގަންނަވައިފިއެވެ.