ވާދޫ ރައްޔިތުންނާ ރައީސް މުޢިއްޒު ބައްދަލު ކުރައްވަނީ: ފޮޓޯ/ ވޮއިސް
ހަބަރު
21 Jan 2025 | 11:44
ވާދޫ ބިން ހިއްކުމުގެ މަސައްކަތް ނިމޭއިރު އެ ރަށަށް ވީ ހުރިހާ ވަޢުދެއް ފުދޭނެ: ރައީސް މުޢިއްޒު

ރ ވާދޫގެ ބިންހިއްކުމުގެ މަސައްކަތް މި އަހަރު ނުވަތަ އަންނަ އަހަރު ފެށޭނެ ކަމަށާ، އެ މަސައްކަތް ނިމޭއިރު، އެމަނިކުފާނު ވާދޫއަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ވާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ރަށް ރަށަށް ކުރައްވާ ދަތުރުފުޅަކީ، ރިޔާސީ އިންތިޚާބުގައި އެ ރަށްރަށަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވައި، އެކަންކަމާއި ގުޅޭ ވުޒާރާތަކާއި ކައުންސިލް ތަކާއި ގުޅިގެން ކަންކަން ރޭވުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ނަތީޖާ ނެރެދޭ ސަރުކާރެއް ގާއިމް ކުރައްވަން ކަމަށެވެ. 

"އަޅުގަނޑު ދޭނެ ޔަޤީންކަމަކީ މިސަރުކާރަކީ ތިބޭފުޅުންގެ ތި ތަރައްޤީގެ ވިސްނުމުގައި އަމިއްލައަށް އިސްނަގައިގެން ކުރާ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުންދޭނެ ސަރުކާރެއްކަން". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއާއެކު އެމަނިކުފާނު ވަނީ ވާދޫއަށް ދިމާވެފައިވާ ދަތި ދަތިތަކާއި އެ ރަށުގެ ތަރައްގީއަށް ކުރުމަށް ރޭވިފައިވާ ކަންކަމުގެ މައްޗަށް އަލުއަޅޔވާ ލައްވާފައެވެ. 

"ވާދޫގައި ގޯތިތަކެއް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައި ނަމަވެސް ގޯތި ނުދެވިފައި ކުނި ކޮށީގެ މައްސަލައިގައި. އެކަން މާ ލަސްތަކެއްނުވެ ކަމާ ގުޅޭ މުވައްސަސާތަކުގެ ވެރިންނަށް ދަންނަވާފައިވާނެ މައްސަލަ ހައްލު ކުރުމަށް. އެހެންވީ ކުނީގެ މައްސަލަ ހައްލުވެގެންދާނެ ވަރަށް އަވަހަށް. ރީ ލޮކޭޓް ކުރެވުނީމަ އަދި ދާއިމީ ގޮތުން ވެސް ކުނީގެ މައްސަލައަށް ހައްލެއް ގެންނާނެ. އެކަން ހަމަޖެހިގެން ދާއިރު ދޫކުރަން ނިންމާފައިވާ ގޯތިތައް ވެސް ދެވިގެންދާނެ.". ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވާދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، ވާދޫ ގިރާ ސަރަހައްދުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަމަށާއި، އަދި އެ ރަށުގެ ބަނދަރުގެ މަސައްކަތްވެސް ރައްޔިތުން އެދޭ ގޮތަށް ކޮށް ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"އިރާދަކުރެއްވިއްޔާ ސްކޫލަށް ބޭނުންވާ އިތުރު ކޮމްޕިއުޓަރ ލެބާއި ސްޓާފްރޫމް ހެދުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުގެ ވުޒާރާތައް މެދުވެރިކޮށް ކޮށްދޭނަން. ކައުންސިލް އަދި ރައްޔިތުން ބޭނުންވާގޮތަށް ފުރިހަމަ އެއްބާރުލުން ދޭނަން. ސްކޫލަށް ޖާގަ އިތުރުކުރުންކަމަށްވިޔަސް ވަސީލަތް އިތުރުކުރުންވެސް ކުރިއަށްދާނެ. ހަމަ އެހެންމެ ސިއްޙީ ދާއިރާއަށްވެސް. ހުރިހާ ރަށަކަށް ލެބޯރެޓަރީ އިތުރުކޮށް ޚިދުމަތްދޭ ވަގުތު އިތުރުކޮށްދިނުން އެއީ އަޅުގަނޑު ވެފައިވާ ވަޢުދެއް. އެކަން ކުރިއަށްދާނެ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ އެއާއެކު، ވާދޫއަށް ބިން އިތުރުކުރުމަށް ރައްޔިތުން ބޭނުންވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަހަރު ނުވަތަ އަންނަ އަހަރު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށެވެ.

އިރާދަކުރެއްވިއްޔާ މިރަށަށް މި ދެންނެވި ހުރިހާ ދާއިރާ އަކުން ކުރަން ހުރި ކަންކަން މި އަހަރުތެރޭގައި ފެނިގެންދާނީ އަމަލީ ގޮތުން ހިނގާ އަދި ނިމިގެންދާތަން… އަދި މި އަހަރު ނޫނީ އަންނަ އަހަރު އަޅުގަނޑުގެ ވައުދު ފުއްދުމަށްޓަކައި ވާދޫގައި ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނަން. އޭރުން އަޅުގަނޑު މި ރަށުގައި ވީ ހުރިހާ ވައުދެއް ފުއްދައި ދެވޭނެ. 

ރައީސް މުޢިއްޒު

މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށްވެސް މަޝްރޫޢެއް ފަށާފައިވާކަމަށާއި، ހުރިހާ ރަށަކަށް ބޭނުންވާ މިންވަރަށާއޖ ސައިޒަށް ފުލުހުންގެ މަރުކަޒު ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެރަށަކަށް އެކަށީގެންވާ މިންވަރަށް ފުލުހުންގެ އަމިއްލަ ޢިމާރާތުގައި ޚިދުމަތް ފަށާނެކަމަށާއި، އޭގެތެރޭގައި ވާދޫވެސް ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.