ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
26 Oct 2023
އާޒިމާ އެމްޑީޕީއަށް: ތިޔަ ފެށީ ބަލިވާނެ ހަނގުރާމައެއް
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވުމަށް ހުރަސްއެޅުމަށް ނިމެމުން މިދާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފެށި ހަނގުރާމަ އަކީ ބަލިވާނެ ހަނގުރާމައެއްކަން ހާމަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ.
26 Oct 2023
ކެބިނެޓަށް ރުހުން ނުދޭނެ ކަމަށް ބުނުމަކީ ނާތަހުޒީބުކަމެއް
އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާ ކުރުން ހުއްޓުވާނެ ކަމަށާ، އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދޭނެ ކަމަށް ބުނުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ, ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
26 Oct 2023
"ޑރ މުއިއްޒު ހުވާކުރުމަށް ހުރަސްއަޅަނީ ރައީސް ޞާލިހު އަންގައިގެން"
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕު މެދުވެރިކޮށް ހުރަސްއަަޅަމުން ގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަންގަވައިގެން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފި އެވެ.
26 Oct 2023
"މުޢިއްޒަށް ޖެއްސުން ކުރާނެކަން އެމްޑީޕީން އިއުލާން ކޮށްފި"
ހުވާ ކުރުމުގެ ރަސްމިއްޔާތުން ފެށިގެން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ޖެއްސުން ކުރާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ, އެމްޑީޕީން އިއުލާން ކޮށްފައިވާ ކަމަށް ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
24 Oct 2023
މުޢިއްޒުގެ ވެރިކަމާ ތޮޅޭ ބަޔަކާ ދެކޮޅަށް ނުކުންނާނަން"
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމާއި ތޮޅެން ނުކުންނަ ބަޔަކާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވާނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
23 Oct 2023
"ގައުމުތަކުގެ ގަދަހިފުމުގެ ތެރޭ ރާއްޖެ ފިތެން ފުރުސަތެއް ނެތް"
ދުނިޔޭ ގަދަ ބާރުތަކުގެ ގަދަ ހިފުމުގެ ތެރޭގައި ރާއްޖެ ފިތެން ފުރުސަތެއް ނުދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
22 Oct 2023
އުރްދުޣާން މުއިއްޒުއަށް ގުޅުއްވައި ފަލަސްޠީނާ ގުޅޭ މަޝްވަރާތަކެއް
އަނިޔާވެރި ޔަހޫދީ އިޒްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންގެ ހާލަތާއި ގުޅޭގޮތުން ތުރުކީގެ ރައީސް އުރްދުޣާން އަދި ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް ޑރ މުއިއްޒު ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.
20 Oct 2023
"ހިޔާގެ ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކޮށްދޭނަން"
އަންނަ އަހަރަށް ލަފާކޮށް، މަޖިލީހަށް ހުށަހަޅާ ބަޖެޓުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނާފައިވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.