ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
01 Nov 2023
ހިޔާ ފްލެޓްގައި ލިފްޓް ހަރުކުރަން ބަޖެޓްގައި 200 މިލިއަން!
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރު ކުރުމަށް 200 މިލިއަން ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.
01 Nov 2023
ހިތަދޫ-ހުޅުމީދޫ ބްރިޖް މަޝްރޫއަށް 30 މިލިއަން ބަޖެޓުގައި!
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް ސ.ހިތަދޫ-ހުޅުމީދޫ 15 ކިލޯމީޓަރުގެ ބުރިޖު މަޝްރޫއު ހިންގުމަށް ކުރަންޖެހޭ ސާވޭ މަސައްކަތް ކުރުމަށް 30 މިލިއަން ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.
01 Nov 2023
ޕީއެންސީ އަށް މެންބަރުން އިތުރު ކޮށްދޭން މުއިއްޒު އެދިވަޑައިގެންފި
ޕީއެންސީގެ މެންބަރުން އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ޕީޕީއެމްގެ މެންބަރުން އެޕާޓީން ވަކިނުކުރަން ސަމާލުވާން ޕީއެންސީގެ އާ ރައީސް އަދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
01 Nov 2023
"މުއިއްޒުއަކީ އިންޑިއާއާ ދެކޮޅު ބޭފުޅެއްކަމަށް ސިފަކުރުން ގޯސް"
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އަކީ އަވަށްޓެރި އިންޑިޔާއާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރާ ސިފަ ކުރުމަކީ ރަނގަޅު ސިފަކުރުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
01 Nov 2023
ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ!
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް އީދުގެ މުނާސަބާ ފާހަގަކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެލެއްވި ވައުދު ފުއްދުމަށްޓަކައި އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނުއްވައިފި އެވެ.
31 Oct 2023
އެމްޑީޕީން ބޭނުމީ މުއިއްޒު ހުވާ ކުރާ ރަސްމިއްޔާތު ބޯއިކޮޓްކުރަން!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިރުޝާދު ދެއްވާފައިވަނީ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އެޅޭ ކަމެއް ނުކުރުމަށް ކަަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
31 Oct 2023
ހުވާކުރާ ޖަލްސާގައި ބަވެރިވެރިވުމުގެ ފުރުސަތު 1000 މީހުންނަށް
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިރަމުގެ ޤާނޫނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމު ރައްޔިތުންގެ ތެރެއިން 1000 މީހުންނަށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް އިންތިޤާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
31 Oct 2023
"އިންޑިއާ ސިފައިންގެ މައްސަލައިގައި އުންމިދީ ޖަވާބެއް ލިބުނު"
ޤަވައިދާއި ޚިލާފަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތާއި ގުޅޭގޮތުން އިންޑިއާގެ ސަފީރުގެ ފަރާތްޕުޅުން އުންމީދީ ޖަވާބުތަކެއް ލިބިފައިވާކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.